ރާއްޖެއާއި އަބޫދާބީ ފަންޑާ ގުޅުން ވަރުގަދަކުރަން މަޝްވަރާކޮށްފި

ރާއްޖެއާއި އަބޫދާބީ ފަންޑާ ގުޅުން ބަދަހިކޮށް ގުޅުން ވަރުގަދަކުރުމަށް މަޝްވަރާކޮށްފި އެވެ.
މިއަދު އަބޫދާބީ ފަންޑުގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދާއާއި، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ބައްދަލުކުރައްވައިފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އެ ބައްދަލުވުމުގައި އަބޫދާބީ ފަންޑާއި ރާއްޖެއާ ދެމެދު އޮތް ތަރައްގީގެ ގުޅުން ވަރުގަދަ ކުރުމަށް މަޝްވަރާކުރެއްވި އެވެ.
އަބޫދާބީ ފަންޑަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ހިއްސާދާރެކެވެ.
އެއިން ވެސް ފާހަގަކޮށްލެވޭ އެއް މަޝްރޫއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމެވެ. މިދިޔަ ޑިސެމްބަރު މަހު 40 މިލިއަން ޑޮލަރުގެ ލުއި ލޯނެއް ދިނެވެ. މީގެ ކުރިން 2017ގައި ވެސް 50 މިލިއަން ޑޮލަރެއް ދިނެވެ.

Ads by Ooredoo