ކަލިނަރީ އެވޯޑްސްގައި ރާއްޖެ ތިން ކެޓަގަރީއަކުން ނޮމިނޭޓްވެއްޖެ

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަލިނަރީ އެވޯޑްސްގައި ތިން ކެޓަގަރީއަކުން ރާއްޖެ ނޮމިނޭޓްވެއްޖެއެވެ.
ރާއްޖެ ނޮމިނޭޓްވި ކެޓެގަރީތަކުގެ ތެރޭގައި "ވޯލްޑްސް ބެސްޓް ޑެސްޓިނޭޝަން ފޯ ހެރިޓޭޖް ކުއިޒީން", "އިންޑިއަން އޯޝަންސް ބެސްޓް ކަލިނަރީ ޑެސްޓިނޭޝަން" އަދި "އިންޑިއަން އޯޝަންސް ބެސްޓް ކަލިނަރީ ޑެސްޓިނޭޝަން" ހިމެނެ އެވެ.
އެކަން ހާމަކޮށް ޓޫރިޒަމް މިނިސްޓްރީން ބުނީ މިއީ އެ ދާއިރާއިން ރާއްޖެއަށް ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ.
އަދި އެކަމާ ގުޅިގެން ގިނަ ބަޔަކު އުފާ ފާޅުކުރަމުންދާކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
"މިއީ ދިވެހިރާއްޖޭގެ ކެއިންބުއިމުގެ ސަގާފަތާއި، ތާރީޚަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެކެވެ. މުޅި ދުނިޔެއަށް ދިވެހި ކެއިންބުއިމުގެ މޮޅުކަން ދައްކުވައިދޭނެ ރަނގަޅު ފުރުސަތެކެވެ." ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
އެ ކާމިޔާބީއާ އެކު، ދިވެހި ކެއިންބުއިމުގެ ދުނިޔޭގެ މަޝްރަހުގައި ރާއްޖޭގެ މަގާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ކަމަށް ބެލެވޭކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ހަމަ އެހެންމެ އެއާއެކު ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް އިތުރު ކުރިއެރުމެއް ލިބި އިތުރަށް ރާއްޖެ އިޝްތިހާރުވެގެންދާނެކަމަށް ބެލެވޭކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.