ޚަބަރު

ފޮނަދޫގައި ޕޯޓަކާއި ބަންކަރިންގެ ހިދުމަތް ދޭނެ ބަޔަކު ހޯދަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ލ.ފޮނަދޫ މަތިން ނަގާފައިވާ ފޮޓޯއެއް. ދެން ފައިލް ފޮޓޯ: މުޙައްމަދު އަރީޙް

ލ. ފޮނަދޫގައި ޕޯޓަކާއި ބަންކަރިންގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން މިއަދު އިއުލާންކޮށްފި އެވެ.

Ads by STELCO

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެކަމަށް ޝައުގުވެރިވަ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.

އެ މަޝްރޫއުގައި ހިމެނޭ ކަންކަމުގެ ތެރޭގައި ކާގޯ އާއި ޓޭންކަރުތަކާއި އަދި އުޅަނދުތަކަށް ހިދުމަތް ދެވޭ ފެންވަރުގެ ފުން ޕޯޓެއް ތަރައްގީކުރުމާއި އަދި ތޮށިލުން ވެސް ހިމެނެ އެވެ.

އަދި އެކި ހިދުމަތްތައް ދިނުމަށް ބިން ހިއްކުމާއެކު ބަންކަރިންގެ ހިދުމަތް ވެސް ދެވެން ޖެހޭނެކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

ހަމަ އެހެންމެ ތެޔޮ ރައްކާ ކުރެވޭ ގޮތަށް އިންފްރާސްޓްރަކްޗާ ވެސް ގާއިމުކުރަން ޖެހޭނެ އެވެ.

ލ. އަތޮޅުގައި ޕޯޓަކާއެކު ބަންކަރިންގެ ހިދުމަތް ފަށަން ނިންމީ އެ ސަރަހައްދަކީ ދަތުރުފަތުރުތައް ކުރާ މައިގަނޑު ރޫޓަކަށްވާތީ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ އުތުރުގައި ވެސް މި ސަރުކާރުން ވަނީ ބަންކަރިންގެ ހިދުމަތް ފަށައިފަ އެވެ.

Ads by HDC