ބްރެޒިލްގައި ބޭސް އުފެއްދުމަށް އިންޑިއާގެ ކުންފުނިތަކަށް ރައީސް ލޫލާ މަރުހަބާ ކިޔައިފި
ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ އާއި އިންޑިއާގެ ބޭސް އުފައްދާ ކުންފުނިތަކާ ދެމެދު ބޭއްވުނު ބައްދަލުވުމެއްގައި، ބްރެޒިލްގައި ބޭހާއި ފާމަސޫޓިކަލް އުފެއްދުންތައް އުފެއްދުމަށް އިންޑިއާގެ ކުންފުނިތަކަށް މަރުހަބާ ކިޔާފައިވާ ކަމަށް އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒް (އެމްއީއޭ) އިން ހާމަކޮށްފިއެވެ.ޖީ20 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ނިއުދިއްލީގައި ހުންނެވި ރައީސް ލޫލާ ވަނީ އިންޑިއާގެ ބޭސް އުފައްދާ ކުންފުނިތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ބްރެޒިލްގައި ބޭސް އުފެއްދުމުގެ ދާއިރާ ތަރައްގީކުރުމަށް އިންޑިއާގެ ކުންފުނިތަކާއެކު މަސައްކަތްކުރުމަށް ބްރެޒިލްގެ ސަރުކާރުން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.އެމްއީއޭގެ ސްޕޯކްސްޕަރސަން އަރިންދަމް ބަގްޗީ ވިދާޅުވި ގޮތުގައި، ބްރެޒިލްގެ ރައީސް ލޫލާ ވަނީ އިންޑިއާގެ ބޭސް އުފައްދާ ކުންފުނިތަކުގެ ކާމިޔާބީ ފާހަގަކުރައްވާ، އެ ގައުމުގައި އިންވެސްޓްކުރުމަށް ހިތްވަރު ދެއްވާފައެވެ. އަދި ބްރެޒިލްގައި ބޭސް އުފެއްދުމުގެ ދާއިރާ ފުޅާކުރުމަށް އިންޑިއާގެ ކުންފުނިތަކާއެކު އިތުރު ގުޅުން ބަދަހިކުރުމަށް އެދިވަޑައިގެންފައިވެއެވެ.މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ބޭސް އުފެއްދުމުގެ ދާއިރާއިން އޮތް އެއްބާރުލުން އިތުރަށް ހަރުދަނާކުރުމާއި، ޓެކްނޮލޮޖީ ބަދަލުކުރުމާއި، އިންވެސްޓްމަންޓް ފުރުސަތުތައް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ބްރެޒިލްގެ ބޭސް އުފެއްދުމުގެ ދާއިރާގައި އިންޑިއާގެ ކުންފުނިތަކުގެ ހިއްސާ އިތުރުކުރުމަށް ދެ ފަރާތުން އެއްބަސްވެފައިވެއެވެ.އިންޑިއާއަކީ ދުނިޔޭގެ އެންމެ ބޮޑު ބޭސް އުފައްދާ އެއް ގައުމެވެ. އަދި މި އެއްބާރުލުމުގެ ސަބަބުން ބްރެޒިލްގެ ބޭސް އުފެއްދުމުގެ ދާއިރާއަށް އައު ކުރިއެރުންތަކެއް ލިބި، ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.
ޖީ20 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ނިއުދިއްލީގައި ހުންނެވި ރައީސް ލޫލާ ވަނީ އިންޑިއާގެ ބޭސް އުފައްދާ ކުންފުނިތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ބްރެޒިލްގައި ބޭސް އުފެއްދުމުގެ ދާއިރާ ތަރައްގީކުރުމަށް އިންޑިއާގެ ކުންފުނިތަކާއެކު މަސައްކަތްކުރުމަށް ބްރެޒިލްގެ ސަރުކާރުން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.
އެމްއީއޭގެ ސްޕޯކްސްޕަރސަން އަރިންދަމް ބަގްޗީ ވިދާޅުވި ގޮތުގައި، ބްރެޒިލްގެ ރައީސް ލޫލާ ވަނީ އިންޑިއާގެ ބޭސް އުފައްދާ ކުންފުނިތަކުގެ ކާމިޔާބީ ފާހަގަކުރައްވާ، އެ ގައުމުގައި އިންވެސްޓްކުރުމަށް ހިތްވަރު ދެއްވާފައެވެ. އަދި ބްރެޒިލްގައި ބޭސް އުފެއްދުމުގެ ދާއިރާ ފުޅާކުރުމަށް އިންޑިއާގެ ކުންފުނިތަކާއެކު އިތުރު ގުޅުން ބަދަހިކުރުމަށް އެދިވަޑައިގެންފައިވެއެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ބޭސް އުފެއްދުމުގެ ދާއިރާއިން އޮތް އެއްބާރުލުން އިތުރަށް ހަރުދަނާކުރުމާއި، ޓެކްނޮލޮޖީ ބަދަލުކުރުމާއި، އިންވެސްޓްމަންޓް ފުރުސަތުތައް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ބްރެޒިލްގެ ބޭސް އުފެއްދުމުގެ ދާއިރާގައި އިންޑިއާގެ ކުންފުނިތަކުގެ ހިއްސާ އިތުރުކުރުމަށް ދެ ފަރާތުން އެއްބަސްވެފައިވެއެވެ.
އިންޑިއާއަކީ ދުނިޔޭގެ އެންމެ ބޮޑު ބޭސް އުފައްދާ އެއް ގައުމެވެ. އަދި މި އެއްބާރުލުމުގެ ސަބަބުން ބްރެޒިލްގެ ބޭސް އުފެއްދުމުގެ ދާއިރާއަށް އައު ކުރިއެރުންތަކެއް ލިބި، ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.
