13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި
ދެކުނުގެ ރަށެއްގައި 13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލަ ހުށަހަޅާފައި ވަނީ އިއްޔެ ކަމަށާއި އެކަމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 18 އަހަރުގެ ދިވެހި ފިރިހެނެއް މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ކުޑަކުދިންނާއި ގުޅޭ މިފަދަ މައްސަލަތަކުގައި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން އެ ކުއްޖާގެ އަތޮޅާއި ރަށް ހާމަ ނުކުރާ ކަމަށެވެ. އަދި ކުޑަކުދިންނާއި ގުޅޭ މިފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ފުލުހުން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
Ads by Allied Insurance