ޚަބަރު

ކޮވިޑަށް ފައްސިވި މީހަކާ ޑައިރެކްޓް ކޮންޓެކްޓްވި ދިވެއްސެއްގެ ފަރާތުން އަލާމާތްތައް ފެނިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އަށް ފައްސިވި މީހަކާ ޑައިރެކްޓް ކޮންޓެކްޓުވި ދިވެސެއްގެ ފަރާތުން އަލާމާތްތައް ފެނިގެން ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by Sosun Fihaara

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ރާއްޖެއިން ފުރިފަހުން ކޮވިޑް-19 އަށް ފައްސިވި ބިދޭސީއަކާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ދިވެއްސެއްގެ ފުށުން ބައްޔަށް ޝައްކުކުރެވޭ އަލާމާތްތައް ފެނުމުން، ސާމްޕަލް ނަގައި، ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ.

އެ މީހާ މިހާރުވަނީ މޮނީޓަރ ކުރުމަށް ފެސިލިޓީއެއްގައި އެކަހެރިކޮށްފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ޖޯލި މޯލްޑިވްސްއާ ރާ ބޮޑުފުށި ރިސޯޓަށް ޒިޔާރަތްކޮށްފައިވާ ބިދޭސީއެއް ރާއްޖޭން ދިޔަ ފަހުން ކޮވިޑް-19އަށް ފައްސި ވެފައިވާ ކަމަށާއި އެކަމާ ގުޅިގެން މިހާތަނަށް 33 މީހަކު އެކަހެރިކޮށްފައިވާ ކަމަށް ސަރުކާރުން ރޭ ވަނީ ބުނެފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ފައްސިވެފައި ވަނީ 19 މީހުންނެވެ. އޭގެ ތެރޭގައި ހަތަރު ދިވެހިންވެސް ހިމެނެއެވެ. އަދި ރާއްޖެއިން ފައްސިވި 13 މީހަކު ވަނީ ރަނގަޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!