ޚަބަރު

ޔާމީން ބްރިޖުން މޫދަށް ފުންމާލި، ހޯދުމުގެ މަސައްކަތް ކުރިއަށް

. ، ދެން އޮންލައިން
މާލެ، ގ.ގާނެޓް، ހަސަން ޔާމީން (30އ)

މިދިޔަ ހުކުރު ދުވަހުގެ ރެއިން ފެށިގެން ގެއްލިގެން ހޯދަމުންދާ މާލެ، ގ.ގާނެޓް، ހަސަން ޔާމީން (30އ)ގ ސިނަމާލެ ބްރިޖުން މޫދަށް ފުންމާލާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

Ads by STELCO

މިދިޔަ ހުކުރު ދުވަހުގެ ރޭ (14 ޖުލައި) 21:25 އެހައިކަންހާއިރު ޔާމީން މާލޭގައި ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން، އާއިލާއަށް ހަބަރެއްނުވެ އެވެ.

ޔާމީން ހޯދުމުގެ މަސައްކަތުގެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ ޔާމީން ހޯދުމަށް ތަހުގީގުގެ ތެރެއިން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖް ދިރާސާކުރެވިފައިވާ ކަމަށެވެ.

''މިގޮތުން ޖުލައި 13 ވަނަ ދުވަހުގެ ފަތިހު 03:24 ހާއިރު ޔާމީން ސިނަމާލެ ބްރިޖުން މޫދަށް ފުންމާލާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވެ އެވެ"

އެ މައުލޫމާތު އާއިލާއާ ހިއްސާކޮށް، މެރިން ޕޮލިހާއި އެމްއެންޑީއެފްއާ ގުޅިގެން ޔާމީން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ކަށަވަރު ނުުކުރެވޭ މައުލޫމާތު ފެތުރުމުން އެއްކިބާވުމަށް ފުލުހުން ވަނީ މީޑިއާ އައި އާއްމުންގެ ފަރާތުން އެދިފަ އެވެ.

Ads by Ooredoo