މާލޭގައި ވަގުފު އިމާރާތެއް އަޅައިދޭނެ ފަރާތެއް ހޯދަނީ

މާލޭގައި ވަގުފު އިމާރާތެއް އަޅައިދޭނެ ފަރާތެއް ހޯދަން އިސްލާމިކް މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ވަގުފު އިމާރާތް އަޅަން ނިންމާފައި ވަނީ މާލޭ ސިޓީގެ ހެންވޭރު އަވަށުގެ 64 ނަންބަރު ކޮށީގައި ކަމަށެވެ.
އެހެންވެ އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ޖުލައި 31 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން ރަޖިސްޓްރީކޮށް މައުލޫމާތު ސާފުކޮށް އޮގަސްޓު 21 ވަނަ ދުވަހު 10 ޖަހާއިރު އަންދާސީ ހިސާބު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.
"މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވައިދު" ގައިވާ ގޮތުގެމަތީން ޢިމާރާތްކުރުމުގެ މަސައްކަތްކުރުމަށް ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ." މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައި ވެއެވެ.
