ޚަބަރު

މާލޭގައި އިއުލާން ކުރި ކާފިއު އުވާލައިފި

ދެން އެމްވީ ، ދެން އޮންލައިން

މިމަހުގެ 2 ވަނަ ދުވަހުން ފެށިގެން މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ކޮންމެ ދުވަހަކު ހަވީރު 5 ފެށިގެން ރޭގަނޑު 8 ކަށް އެއްގަމު އުޅަނދު ފަހަރު ދުއްވުމާއި މީހުން މަގުމައްޗަށް ނިކުމެ އުޅުން މަނާކޮށް އިއުލާން ކުރި ކާފިއު އުވާލައިފިއެވެ.

Ads by MWSC

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއަދުން ފެށިގެން މާލެ ވިލިމާލެ އަދި ހުޅުމާލެގައި ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 20:00 އަށް އެއްގަމު އުޅަނދު ފަހަރު ދުއްވުމާއި، މަގުމަތި މީހުން އުޅުން ހުއްޓައިލުމާއި، ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ދިނުން ހުއްޓާލުމަށް އެންގި އެންގުން ބާތިލުކުރާ ކަމަށެވެ.

ހަލުވިކަމާއިއެކު ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުން އަންނަ ކޯވިޑް 19 ވައިރަސް ރާއްޖޭގައި ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި، ސަރުކާރުން ވަނީ ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!