ޚަބަރު

މެލޭޝިއާގައި އުޅޭ ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

މެލޭޝިއާގައި އުޅޭ ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މެލޭޝިއާގެ ހެލްތު މިނިސްޓްރީން މިއަދު އާންމުކުރި މައުލޫމާތުތައް ބުނާގޮތުން ޕޮޒިޓިވްވި މީހުންގެ ތެރެއިން 416 މީހުންނަކީ މެލޭޝިއާގައި ތިބި އެހެން ގައުމުތަކުގެ މީހުންނެވެ. އޭގެ ތެރޭގައި ދިވެއްސަކުވެސް ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މެލޭޝިއާގައި ހުންނަ ރާއްޖޭ އެމްބަސީއިން ވިދާޅުވީ، އެ ގައުމުގެ ހެލްތް މިނިސްޓްރީން އާއްމުކޮށްފައިވާ ރިޕޯޓެއްގައި ދިވެއްސަކު ފައްސިވެފައިވާ ކަމަށް ބުނެފައިވާތީ އެކަން އިތުރަށް ސާފް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިކަމާއި ގުޅިގެން ދިވެހި ސަރުކާރުގެ ބަހެއް އަދި ނުލިބެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 19 މީހުންނެވެ. އޭގެ ތެރެއިން 13 މީހަކު ވަނީ ރަނގަޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!