ހަވާ އަރުވާ ގަޑި މިރޭ 9:40ގެ ފަހަށް ލަސްވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމުގެ މުނާސަބަތުގައި މާލޭ ވަށައިގެންނާއި އެއާޕޯޓް ކައިރިން ހަވާ އަރުވަން އޮތް ގަޑި ލަސްވެއްޖެ އެވެ.
ސިފައިން އިއްޔެ ބުނި ގޮތުގައި ހަވާ އަރުވާނީ މިރޭ 8:30 ގަ އެވެ. ނަމަވެސް މިރޭ ބުނީ ހަވާ އަރުވަން މިހާރު ހަމަޖެހިފައިވާ ގަޑިއަކީ 9:40 އެވެ.
އެހެން ބުނުމަށް ފަހު ވެސް ސިފައިން ބުނީ އިވެންޓް ހިނގަމުންދާ ގޮތުން އެއަށް ވުރެ ވެސް ގަޑި ލަސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ސިފައިން ބުނި ގޮތުގައި މާލެ ވަށައިގެން ކަނޑުގެ 16 ސަރަހައްދަކުން ހަވާ އަރުވާނެ އެވެ. އަދި އެއާޕޯޓް ކައިރިން 3 ސަރަހައްދަކުން ހަވާ އަރުވާނެ އެވެ.
ހަވާ އަރުވަނީ ހަ މިނެޓަށެވެ.