ޚަބަރު

މާޅޮހު ފަޅުގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި ދެ މީހަކު ފިހިއްޖެ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
އއ. މާޅޮސް/ ފޮޓޯ: މިހާރު

އއ. މާޅޮހުގެ ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި ދެ މީހަކު ފިހިއްޖެ އެވެ.

Ads by STELCO

ފުލުހުން ބުނި ގޮތުގައި މިރޭ 8:45 ހާއިރު ހިނގި ހާދިސާގައި ފިހުނީ ދެ ބިދޭސީއެކެވެ.

ދެ ބިދޭސީންނަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެއަށް ފޮނުވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ދޯނީގައި އެއްޗެއް ގޮވަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ. ދެ ބިދޭސީންނަށް ލިބުނު އަނިޔާތަކުގެ ތަފުސީލެއް ވެސް އަދި ނުލިބެ އެވެ.

މިފަދަ ހާދިސާއެއް މިރޭ މާޅޮހުގައި ހިނގިއިރު، މި މަހުގެ 13 ވަނަ ދުވަހު އެ ރަށުގައި މީހަކު މަރާލާފައި އޮއްވާ ފެނިފައިވެ އެވެ. އެ ރަށު އަބްދުއްރަހުމާން އާދަމް މަރާލި މައްސަލާގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!