ދުނިޔެ

ޞިއްޙީ ޚިދުމަތްތެރިންގެ ކެކުޅުން : މިހާ ގިނަ މީހުން އެއްފަހަރާ މަރުވި ފަހަރެއް އަދި ނާދޭ

ދެން އެމްވީ ، ދެން އޮންލައިން

މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޯވިޑް 19 ވައިރަހުގެ ސަބަބުން ކޮންމެ ދުވަހަކު އެތައް ސަތޭކަ މީހުންނެއް ދަނީ މިދުނިޔެއާއި ވަކިވަމުންނެވެ. ދުނިިޔޭގެ އެކި ހިސާބުތަކުން ބަލި ޖެހުނު މީހުންގެ އަދަދު މިހާތަނަށް ދޮޅު މިލިއަނަށް ވުރެ އިތުރުވެފައިވާއިރު، ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ލައްކައަކާއި ކައިރިކުރަނީއެވެ.

Ads by Sosun Fihaara

ކޯވިޑް 19 ބަލި ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ލަންޑަން ޓީޗިންގް ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރެއް ކަމަށްވާ ޑރ ޖެނީ އެބްތްރޯޕު މިވަނީ އޭނާގެ އިހްސާސްތައް ހިއްސާކޮށްފައެވެ. ޝައްކެއްވެސް ނެތެވެ. ކޯވިޑް 19 ޖެހިގެން މަރުވާ މީހުން ތެޅޭ ތެޅުމާއި އާއިލާތަކުން އަޅާ ކުރާ ހިތާމަ އެންމެ ގާތުން ފެންނާނެ ބަޔަކީ ވެސް ނަރުހުންނާއި ޑޮކްޓަރުންނެވެ.

އެގޮތުން ޑރ ޖެނީ ބުނީ، މި ބަލީގެ އަސަރު އެކީ މީހުންނަށް ކުރަނީ އެކި ވަރަށް ކަމަށެވެ. އެކަކަށް ފަރުވާ ދޭ ގޮތް، އަނެކަކަށް އަސަރު ނުކުރާ ކަމަށެވެ. އެހެން ނަމަވެސް، ނަރުހުންނާއި ޑޮކްޓަރުންގެ އުންމީދަށް ކުޑަވެސް އަސަރެއް ނުކުރާ ކަމަށާއި، ބަލިމީހާގެ ފަހު ނޭވާއާއި ޖެހެންދެން ވެސް ފުރާނަ ސަލާމަތް ކުރާކަމަށް ޑރ.ޖެނީ ބުނެފައިވެއެވެ. އެގޮތުން ޑރ ޖެނީ ބުނީ މިހާތަނަށް ބައްޔެއް ޖެހިގެން ދުވަހަކުވެސް އެއް ފަހަރާ އެހާ ގިނަ މީހުން މަރުވި މަންޒަރެއް ނުފެންނަ ކަމަށެވެ.

ޔޫކޭގައި ކޯވިޑް 19 ޖެހިގެން އިއްޔެ އެކަނިވެސް ވަނީ 1000 އަށްވުރެ ގިނަ މީހުން މަރުވެފައެވެ. އެގޮތުން ޑރ ޖެނީ ބުނީ މިއީ މިހާތަނަށް އެއްފަހަރާ އެންމެ ގިނަ މީހުން ބަލިޖެހިގެން މަރުވި ހަފްތާ ކަމަށެވެ. އޭނާ ބުނީ އަައިސީޔޫގެ ދެ ވޯޑް ވެސް ފުރިފައިވަނީ ކޯވިޑް 19 ޖެހިގެން ހާލު ސީރިއަސްވި މީހުންތަކުން ކަމަށެވެ. ޑރ ޖެނީ ބުނީ އާއިލާތަކުން އެންމެ ފަހު ފަހަރަށް ވެސް ބަލި ޖެހިގެން މަރުވާ އާއިލީ މީހާގެ މޫނު ބަލައިލަން ވަރަށް ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް ރައްކާތެރިކަމަށް ޓަކައި އެކަން މަނާ ކުރަނީ ހިތުގައި ވޭން އަޅާ ޙާލުގައި ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!