ދުނިޔެ

ބީބީސީން ޤުރުއާނާއި ޙަދީޘް ކިޔަައިދޭ ޕްރޮގްރާމެއް ފަށާ ބަންގީގެ އަޑު ގުގުމާލަނީ!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 އާއި ގުޅިގެން އިނގިރޭސިވިލާތުގެ މިސްކިތްތައް ބަންދުކުރުމުގެ ސަބަބުން ބީބީސީ އިން ބަންގި ބްރޯޑްކާސްޓުކުރަން ނިންމައިފިއެވެ. މިއީ ބީބީސީ އިން ބަންގި ބްރޯޑްކާސްޓުކުރާ ފުރަތަމަ ފަހަރެވެ.

Ads by Sosun Fihaara

މިއާއެކު ކޮންމެ ހުކުރު ދުވަހެއްގެ މެންދުރު ހުކުރު ނަމާދުގެ ބަންގި ބީބީސީގެ 14 ރޭޑިއޯ ޗެނަލަކުން އިވިގެންދާނެއެވެ. ބަންގީގެ އިތުރުންވެސް ކޮންމެ ހުކުރު ދުވަހެއްގެ ޚާއްޞަ ޕްރޮގްރާމް "އިސްލާމް ރިފްލެކްޝަންސް" ގައި ގުރުއާނާއި ރަސޫލާގެ ހަދީޘްފުޅުތައް ވެސް ބަންގި ގޮވާ އިމާމުން ކިޔެވުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގައި ކޮންމެ ހަފްތާއަކު ބައިވެރިވާނީ މުޅިން އާ އިމާމެއް ކަމުގައިވެސް ބީބީސީއިން ބުނެފައިވެއެވެ.

' އިސްލާމިކް ރިފްލެކްޝަންސް' ގެ ނަމުން ނަން ދީފައިވާ މި ޕްރޮގްރާމް ކުރިއަށްދާނީ އޭޕްރިލް މަހުން ފެށިގެން ރަަމަޟާން މަހުގެ ނިޔަލަށެވެ.

ބީބިސީ ރޭޑިއޯގެ އިސްފަރާތަކުން އިނގިރޭސި މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި ބީބީސީ ރޭޑިއޯގެ އަމާޒުތަކުގެ ތެރޭގައި އެކި އެކި ކޮމިޔުނިޓީ ތަކުގެ މީހުނަށް އެހީވުން ހިމެނޭ ކަމަށާއި މިއީ އިނގިރޭސިވިލާތުގެ މުސްލިމް ކޮމިއުނިޓީ އަށްޓަކައި ކޮށްދޭ ކަމެއް ކަމުގައެވެ. އަދި މިކަމުގެ ސަބަބުން އެކަހެރިކަމުގެ ވަގުތުގައި ވެސް އިޖުތިމާއީ ރޫހު މުސްލިމުންނަށް އިހުސާސްވުމަށް އެހީ އަކަށް ވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އެފަރާތުން ވަނީ ބުނެފައެވެ.

އެހެން ދީނެއްގެ އެއްވެސް އެއްޗެއް ބްރޯޑްކާސްޓު ކުރަން ވިސްނާ ކަމެއް ބީބީސީ އަދި ހާމަކޮށްފައެއް ނުވެއެވެ.

އިނގިރޭސިވިލާތަކީ ކޮވިޑް19 ގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ ގައުމުތަކުގެ ތެރެއިން ގައުމެކެވެ. އެގައުމުންވަނީ މިހަތަނަށް 60,733 މީހަކަށް ވައިރަސް ޖެހި 7,097 މީހަކުވަނީ މަރުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!