ޚަބަރު

ކޯވިޑް19 އާއިއެކު އުޅެން ދަސްކުރަންޖެހޭ، މިއަހަރު ވީޑިއޯ ކޮންފަރެންސް 10 ސިސްޓަމް ބަހައްޓާނަން: ޕީޖީ

ދެން އެމްވީ ، ދެން އޮންލައިން

މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުން އަންނަ ކޯވިޑް 19 ވައިރަހާއިއެކު އުޅެން ދަސްކުރަން ޖެހޭ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ޕީޖީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޯވިޑް 19 އާއިއެކު އުޅެން ދަސްކުރަން ޖެހޭ ކަމަށާއި އެކަން އަދުލްގެ ނިޒާމުވެސް ކުރަން ޖެހޭ ކަމަށެވެ. ސުޕްރީމް ކޯޓްގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށްގެން ޝަރީއަތް ކުރިއަށް ގެންދިއުމަކީ އަދުލްގެ ނިޒާމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް ޝާމީމް ވިދާޅުވިއެވެ. ވީޑިއޯ ކޮންފަރެންސް 10 ސިސްޓަމެއް ޕީޖީ އޮފީހުގައި މިއަހަރު ތެރޭގައި ބަހައްޓާނެ ކަން ފާހަގަކުރައްވަމުން ޝަމީމް ވިދާޅުވީ، އޭރުން ހަރަދު ކުޑަވެފައި ވަގުތުވެސް ސަލާމަތް ކުރެވޭނެ ކަމަށެވެ.

"‏ކޯވިޑް-19 އާ އެކު އުޅެން ދަސްކުރުންޖެހޭ. ޢަދުލުގެ ނިޒާމުވެސް އެކަން ކުރަންޖެހޭ. ‎@SCMaldives ގެ ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ޝަރީޢަތް ކުރުމުގެ ނިޒާމަކީ ވަރަށް ބޮޑު ކުރިއެރުމެއް.‎@PGO_MV ގައި ވީޑިއޯ ކޮންފަރަންސް 10 ސިސްޓަމް މިއަހަރު ތެރޭ ބަހައްޓާނެ. ޚަރަދު ކުޑަވާނެ. އަވަސްވާނެ" ޝާމީމް ވިދާޅުވިއެވެ.

ނުރައްކާތެރި ކޯވިޑް 19 ވައިރަސް ރާއްޖޭގައި ފެތުރެން ކޮންޓްރޯލު ކުރުމަށްޓަކައި ވަނީ ސަރުކާރާއި، ސުކޫލުތަކާއި ކޮލެޖް ޔުނިވަރސިޓީތައް ވެސް ބަންދުކޮށްފައެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ކޯވިޑް 19 ޖެހުނު މީހުންގެ އަދަދު ވަނީ މިހާރު ދޮޅު މިލިއަނަށް އަރާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!