ވޯލްޑް ޔޫތު ޑިވޮލޮޕްމަންޓް ފޯރަމްގެ އެވޯޑެއް ދިވެއްސަކަށް

ވޯލްޑް ޔޫތު ޑިވޮލޮޕްމަންޓް ފޯރަމްގެ އެވޯޑެއް ދިވެއްސަކަށް ލިބިއްޖެ އެވެ.
މުހައްމަދު ހޫދު އިބްރާހިމްއަށް ލިބުނީ އެ ފޯރަމްގެ އެކްސެލެންސް އެކްޝަންސް އެވޯޑެވެ.
އެ އެވޯޑު އޭނާއަށް ލިބުނީ 2030 އަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތުގެ މަސައްކަތްތަކަށް ހޫދު ކޮށްދިން ހިދުމަތަށެވެ.
އެއީ ޒުވާނުންނާ ގުޅޭ ގޮތުން ހޫދު ހިންގި "ޔޫތު ސައިޑް" އިނޫޝިއޭޓިވް އަށެވެ.
އެގޮތުން ބައިނަލްއަގުވާމީ ގޮތުން ހާއްސަކޮށް ދެކުނު އޭޝިއާގައި ޔޫތު ނެޓްވޯކުތައް ވަރުގަދަކުރުމަށް އެހީތެރިވި އެވެ.
އެ އެވޯޑު ދިން ހަފްލާގައި ވެސް ވަނީ ރާއްޖެއާއި ދެކުނު އޭޝިއާގެ ގައުމުތަކަށް ދިމާވެފައިވާ މައްސަލަތައް އަވަހަށް ހައްލުކުރަން ހޫދު ކުރި މަސައްކަތް ފާހަހަކޮށްފަ އެވެ.

Ads by Allied Insurance