ދުނިޔެ

އެންމެ ކައްޓަކުން އިންސާނަކު މަރާލާހާ ވިހަގަދަ ސޫތްޕެއް، އިނގިރޭސިވިލާތުގައި އިތުރުވަނީ

ދެން އެމްވީ ، ދެން އޮންލައިން

އެންމެ ކައްޓަކުން އިންސާނަކު މަރާލެވޭހާ ބާރުގަދަ ސޫތްޕެއް ކަމަށްވާ އޭޝިއަން ހޯރނެޓް އިނގިރޭސިވިލާތުގައި އިތުރުވާން ފަށައިފިކަމަށް ރިޕޯޓުތައް ބުނެފިއެވެ.

Ads by WAMCO

މި ސޫފި ނައްތާލުމަށްޓަކައި ކުރާ ތިމާވެއްޓާއި ދެކޮޅު މަސައްކަތްތަކަށް ކޮންމެ އަހަރަކު އެގައުމުގައި 7.6 މިލިއަން ޕައުންޑްސް ހޭދަވާނެ ކަމުގައި މާހިރުން ބުނެއެވެ. އޭގެ ތެރޭގައި އެ އެއްޗެހި ދިރިއުޅޭ ހާލިތައް ނައްތާލުމާއި، އެއެއްޗެހީގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުން ހިމެނެއެވެ.

މި ވިހަގަދަ ސޫފީގެ ސަބަަބުން އިނގިރޭސިވިލާތުގެ މާމުއި ކުޅަނދުރު ގެ އަދަދުވަނީ ބޮޑުތަނުން މަދުވެފައެވެ. އާންމުކޮށް އުޅޭ ފަނިފަކުސާ އަށް ވުރެ ބޮޑުކޮށް ހުންނަ އޭޝިއަން ހޯރނެޓު އާންމުކޮށް ކައި އުޅެނީ ކުޅަނދުރަށް ވުރެ ކުދި ފަނި ފަކުސާއެވެ.

އެންމެ ކައްޓަކުން އިންސާނަކު މަރާލާހާ ވިހަގަދަ މި ސޫފީގެ އަސްލަކީ އޭޝިއާ ކަމުގައި ބުނެވެއެވެ. ބަލާ ބެލުމަށް ކުޅަނދުރެކޭ އެއްގޮތަށް ރީނދޫ ކުލައިގެ ފައިތަކެއް ލާފައި ހުންނަ މި ސޫތްޕަކީ 2004 ވަނަ އަހަރު ޗައިނާ އިން ފްރާންސަށް އެތެރެކުރި އެއްޗެއް ކަމުގައި ރިޕޯޓުތައް ބުނެއެވެ. އަދި އޭގެ ފަހުން މި ވިހަގަދަ ސޫފި ދަނީ ހަލުވިކަމާއެކު ޔޫރަޕުގެ އެކި ހިސާބުތަކުގައި ފެތުރެމުންނެވެ.

މާހިރުން ބުނާ ގޮތުގައި މި ސޫފި ފްރާންސްގައި އަހަރެއްގެ ތެރޭގައި 80 ކިލޯމީޓަރު ގެ ސަރަހައްދެއްގައި އާލާ ވެއެވެ.

އިނގިރޭސި ވިލާތުން އެންމެ ފުރަތަމަ މި ސޫފި ފެނިފައިވަނީ 2014 ވަނަ އަހަރުއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!