11 ރަށެއްގެ މަގު ހަދަން އާރުޑީސީއާ ހަވާލުކޮށްފި

11 ރަށެއްގެ މަގު ހަދަން ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.
އެ ރަށްތަކަކީ:
- ހއ. ތުރާކުނު, ހދ. ނޮޅިވަރަންފަރު، ހދ. ފިނޭ، ށ. މަރޮށި
- ނ. މާފަރު، ބ. ތުޅާދޫ، ބ. ކުޑަރިކިލު
- މ. މުލި، ތ. ގުރައިދޫ، ތ. ހިރިލަންދޫ، ތ. ކިނބިދޫ
މި ކަމަށް ބޭއްވުނު ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމެވެ.

Ads by Ooredoo