Friday, 30 October 2026
Advertisement
STO — McCoy (leaderboard)
ދުނިޔެ

ޕާކިސްތާނުގެ 12 މިލިއަން އާއިލާއަށް 144 ބިލިއަން ރުޕީސް ބަހާނަން: ބޮޑުވަޒީރު އިމްރާނު

ޕާކިސްތާނުގެ 12 މިލިއަން އާއިލާއަށް 144 ބިލިއަން ރުޕީސް ބަހަން ހަމަޖެހިފައިވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންހާން ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވީ، މިއީ އެގައުމުގެ ތާރީހުގައިވެސް ސަރުކާރަކުން ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެންމެ ބޮޑު ހަރަދެއް ކުރާ ފަހަރު ކަމަށެވެ. ބޮޑު ވަޒީރު އިތުރަށް ބުނީ، ހާލުގައި ޖެހިފައިވާ 12 މިލިއަން އާއިލާއަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަކީ އެ ސަރުކާރަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ބޮޑު ވަޒީރު ވިދާޅުވީ ކުރިއަށް އޮތް ދެހަފްތާ ދުވަސްތެރޭ ހާލުގައި ޖެހިފައި ތިބި އާއިލާތަކަށް ފައިސާ ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

Advertisement
Allied — Dhen Online (box)

މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޯވިޑް 19 ވައިރަހަށް ޕާކިސްތާނު އިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 4457 އަށް އަރާފައެވެ. އެގައުމުން މިބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 63 އަރާފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް