ޚަބަރު

ޖޫން 1ގައި ކަރަންޓު ކެނޑުނު މައްސަލާގައި ބައެއް މައުލޫމާތު އެއްކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
މާލެ ސިޓީގެ މަތިން ނަގާފައިވާ ފޮޓޯއެއް / ފޮޓޯ:ދެން އިމޭޖްސް

މިދިޔަ ޖޫން މަހުގެ ފުރަތަމަ ދުވަހު މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގަށް ބައެއް މައުލޫމާތު އެއްކޮށްފި އެވެ.

Ads by STELCO

ފުލުހުން މިއަދު ބުނީ އެ ތަހުގީގުގެ އިބްތިދާއީ ހޯދުންތަކާއި މައުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ.

އަދި މި މައުލޫމާތަށް ބަލައި ފުލުހުން މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ބުންޏެވެ.

ތަހުގީގު އެއްކޮށް ނިމުމުން ތަހުގީގުގައި ފާހަގަކުރެވުނު ކަންކަން ހިއްސާކޮށްދޭނެ ކަމަށް ފުލުހުން ބުންޏެވެ.

އެ ދުވަހު ހިނގި ކަންކަން ފުލުހުން ތަހުގީގު ކުރުމަށް އެންގެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެ ދުވަހު ގާތްގަނޑަކަށް ހަ ގަޑިއިރެއްހާ އިރަށް ކަރަންޓުގެ ހިދުމަތް ކެނޑުނެވެ.

އޭގެ ދެ މަސް ދުވަސް ފަހުން ތަހުގީގުގެ މައުލޫމާތެއް ފުލުހުން މި ދިނީ މިއަދު ވެސް މުޅި މާލެއާއި ހުޅުމާލޭން ކަރަންޓު ގޮސްފައިވަނިކޮށެވެ.

މިއަދު ގަޑިއިރެއް ނުވަނީސް ބައެއް ސަރަހައްދުތަކަަށް ކަރަންޓު ދެމުން ގޮސް މުޅި މާލެއާއި ހުޅުމާލެއަށް ދެ ގަޑިއިރުގެ ތެރޭގައި ކަރަންޓު ދެވުނެވެ.

Ads by HDC