ކާރެއް ގޮސް ޕޮލިސް ސައިކަލެއްގައި ޖައްސައި ފުލުހަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ފުލުހުންގެ އަމުރަށް ވެސް ނުކިޔަމަންތެރިވެ ބާރަށް ދުއްވާފައި ދިޔަ ކާރެއް ފަހައި ދުވި ޕޮލިސް ސައިކަލެއްގައި ޖައްސައި ފުލުހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ކާރެއް ދުއްވަމުން ދިޔައީ ހުޅުމާލޭގަ އެވެ.
އެ ކާރު މަޑުކުރުމަށް ފުލުހުން ބުނުމުން ވެސް މަޑުނުކޮށް ބާރު ސްޕީޑުގައި ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގައި ދުއްވަމުން ދިއުމުން ޕޮލިސް ސައިކަލެއް ފަހައި ދުއްވި އެވެ.
އެ ކާރު ގޮސް ޕޮލިސް ސައިކަލުގައި ޖައްސައި ވައްޓާލި ކަމަށް ފުލުހުން ބުންޏެވެ. ސައިކަލުގައި ތިބި ދެ ފުލުހުންގެ ތެރެއިން ފުލުހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އެ ކާރު ދުއްވަން އިނީ ފިރިހިނެކެވެ. ދެން އިނީ އިތުރު އަންހެނެކެވެ. އެ ދެ މީހުން ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.