ޚަބަރު

އީޕީއޭގެ ނަން ބަދަލުކޮށްފި

. ، ދެން އޮންލައިން
އީޕީއޭ ހިންގަމުން އައި ގްރީން ބިލްޑިން / ފޮޓޯ:ދެން އިމޭޖްސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ދަށުން ހިނގަމުންދާ "އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ" ގެ ނަން، "އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ" އަށް މިއަދު ބަދަލުކުރައްވައިފި އެވެ.

Ads by STELCO

ޤާނޫނުއަސާސީގެ 116 ވަނަ މާއްދާ އިން ރައީސް އަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން މި ބަދަލު ގެންނަވާފައިވާކަން އިއުލާން ކުރައްވާފައިވަނީ، ނަންބަރު 2025/14 ދެންނެވުމުންނެވެ.

އެ ބަދަލާއެކު، މިހާތަނަށް ގަވަނިން ބޯޑެއްގެ ލަފާގެ ދަށުން ހިންގި އިދާރާއެއްގެ ގޮތުގައި އެ އިދާރާ އޮތް ހައިސިއްޔަތު ބަދަލުވެ، އެއީ ސީދާ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފަ އެވެ.

މި ބަދަލު ގެންނަވާފައި ވަނީ، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީން މިހާތަނަށް ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކަކީ ރާއްޖޭގެ ތިމާވެށްޓާބެހޭ ކަންކަން ރެގިއުލޭޓްކުރުމާ ގުޅުންހުރި މަސައްކަތްތަކެއް ކަމަށްވާތީ، އެ އިދާރާއިން ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކާ ވީހާވެސް ގުޅުންހުރި ނަމެއް ހަމަޖެއްސެވުމުގެ އިތުރުން، އެ އިދާރާގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، ހަލުވިކުރުމުގެ ބޭނުންފުޅުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.