އީޕީއޭ މިނިވަންކޮށް ހިންގަން ނަޝީދު ގޮވާލައްވައިފި

އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) މިނިވަން ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
ކުރިން މިނިސްޓްރީގެ ދަށުން ގަވަނިން ބޯޑަކުން ހިންގަމުން އައި އީޕީއޭގެ ނަން ބަދަލުކޮށް މިނިސްޓްރީގެ ދަށުން ހިންގާ ގޮތަށް ތަނުގެ ނަން ވެސް މިއަދު ވަނީ ބަދަލުކޮށްފަ އެވެ.
އެކަމާ ގުޅިގެން ތިމާވެށީގެ ދާއިރާއިން ގިނަ އެވޯޑުތަކެއް ވެސް ހާސިލްކޮށްފައިވާ، ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ޗެއާޕާސަން
އެ ކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އީޕީއޭ މިނިވަންކޮށް ބޭއްވުމަކީ ސަރުކާރުގެ ސިޔާސަތުގެ އިތުބާރު ދެމެހެއްޓުމަށް ޓަކައި ވެސް މުހިންމު ކަމެއް ކަމަށެވެ.
"މިނިވަން ކުރުމުގެ ބަދަލުގައި ކުރިއަށް ވުރެ ވެސް ބޮޑަށް މިނިސްޓްރީގެ ދަށަށް ގެންދިއުމަކީ ވަރަށް ބޮޑު ގޯހެއް," ތިމާވެށީގެ ދާއިރާއިން ގިނަ އެވޯޑުތަކެއް ވެސް ހާސިލްކޮށްފައިވާ، ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ޗެއާޕާސަން ނަޝީދު ލިއުއްވާފައިވެ އެވެ.
ރައީސަށް ލިބިދޭ ބާރުގެ ދަށުން ރައީސް މުހައްމަދު މުއިއްޒު މި ބަދަލު ގެންނެވީ އީޕީއޭ މިހާތަނަށް ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކަކީ ރާއްޖޭގެ ތިމާވެއްޓާ ބެހޭ ކަންކަން ރެގިއުލޭޓްކުރުމާ ގުޅުންހުރި މަސައްކަތްތަކެއް ކަމަށް ވާތީ އެވެ.
އެ އިދާރާއިން ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކާ ވީހާވެސް ގުޅުންހުރި ނަމެއް ހަމަޖެއްސެވުމުގެ އިތުރުން، އެ އިދާރާގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، ހަލުވިކުރުމުގެ ބޭނުމުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
