ދުނިޔެ

ޖީ.އެސް.ޓީ އިސްލާހުތަކުން ޓްރަމްޕްގެ ޓެރިފް އަސަރު ފޫބެއްދިދާނެ: ރިޕޯޓު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފިޗް ސޮލިއުޝަންސްގެ ކުންފުންޏެއް ކަމަށްވާ ބީ.އެމް.އައި އިން ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، މުދަލާއި ޚިދުމަތުގެ ޓެކްސް (ޖީ.އެސް.ޓީ) ގެ ރޭޓުތައް ދަށްކޮށް އަމިއްލަ ފަރުދުންގެ ޚަރަދުތައް އިތުރުކުރުމަށް ގެންނަން ރާވާފައިވާ އިސްލާހުތަކުން، އެމެރިކާގެ ޓެރިފްގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރު ފޫބެއްދިދާނެއެވެ.

Ads by MPL

މި ދަހައިގެ ނިޔަލަށް އޭޝިއާގެ އެންމެ ހަލުވި ދުވެލީގައި ކުރިއަރަމުންދާ އިމަރޖިންގ މާކެޓް އިކޮނޮމީތަކުގެ ތެރޭގައި އިންޑިއާ ހިމެނޭނެ ކަމަށް ބީ.އެމް.އައި އިން ލަފާކުރެއެވެ. އެމެރިކާގެ އިތުރު ޓެރިފްތަކުގެ ސަބަބުން ބައެއް ސިނާއަތްތަކަށް އަސަރުކުރި ނަމަވެސް، އިންޑިއާގެ ޖީ.ޑީ.ޕީ 6 އިންސައްތައިގެ މަތީގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެވެއެވެ.

ބީ.އެމް.އައި އިން ބުނާ ގޮތުގައި، "ޖީ.އެސް.ޓީ އިސްލާހުތަކުގެ ތަފްސީލުތަކަށް ބަލާއިރު، މި އިސްލާހުތަކުން ޓެރިފްގެ ސަބަބުން ކުރިއެރުމަށް ކުރާނެ ނޭދެވޭ އަސަރު ފޫބެއްދިދާނެއެވެ. ނަމަވެސް އަދި މި އިސްލާހުތަކުގެ ތަފްސީލު ޔަގީންވެފައި ނުވާތީ، މިހާރު މިއީ އަޅުގަނޑުމެންގެ ކުރިއެރުމުގެ ލަފާކުރުންތަކަށް ކުޑަ އެދެވޭ ބަދަލެއް އަތުވެދާނެ ކަމެއްގެ ގޮތުގައި ފާހަގަކުރަމެވެ."

އެސް.ބީ.އައި ރިސަރޗްގެ އެންމެ ފަހުގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ޖީ.އެސް.ޓީ އިސްލާހުތަކާއި ފަހުން ގެނެވުނު އާމްދަނީ ޓެކްސް ކުޑަކުރުމުގެ ސަބަބުން، ޖީ.ޑީ.ޕީގެ 1.6 އިންސައްތަ އާ އެއްވަރުގެ 5.31 ލައްކަ ކްރޯރު ރުފިޔާގެ މިންވަރަށް ޚަރަދުކުރުން އިތުރުވެދާނެއެވެ.

ފިޗް ރޭޓިންގްސް އިން ވަނީ އިންޑިއާގެ ރޭޓިންގް 'ބީ.ބީ.ބީ' ގައި ސްޓޭބަލް އައުޓްލުކާއެކު ދަމަހައްޓާފައެވެ. އަދި އެމެރިކާގެ ޓެރިފްތަކުގެ ސަބަބުން އިޤްތިޞާދީ ކުރިއެރުމަށް ކުރާނެ އަސަރު ވަރަށް މަދު ކަމަށް ލަފާކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!