ދުނިޔެ

ޗައިނާގައި ކުއްތާ ކެއުން މަނާ ކުރުމުން އަހަރަކު 10 މިލިއަން ކުއްތާ ސަލާމަތްވާނެ!

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާގައި ކުއްތާ ކެއުން މަނާ ކުރުމާ ގުޅިގެން އަހަރަކު 10 މިލިއަން ކުއްތާ ސަލާމަތް ވާނެ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

Ads by Sosun Fihaara

ޗައިނީސް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒް އިން ބުނީ، އިއްޔެ ބުނީ ކުއްތާ އަކީ ކެއުމަށް ބޭނުން ކުރަން އެކަށީގެންވާ ޖަނަވާރެއް ނޫން ކަމަށެވެ. ޗައިނާގެ އެނިމަލް ހަސްބެންޑަރީ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގައި، އެގައުމުގައި ކެއުމަށް ހަމަ އެކަނި ބޭނުން ކުރެވޭނީ ލައިވްސްޓޮކްގައި ހިމަނާފައިވާ ޖަނަވާރުތައް އެކަންޏެވެ.

މިގާނޫނުގެ ދަށުން ކޮންމެ އަހަރަކު ޗައިނާގައި ދެން 10 މިލިއަން ކުއްތާ ސަލާމަތް ކުރެވޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންނަމަވެސް ޗައިނާގެ ސަރުކާރުގައި މަސައްކަތް ކުރާ އޮފިޝަލެއް ޗައިނީސް ނޫހަށް މައުލޫމާތު ދެމުން ބުނީ، ކެއުން މަނާ ކުރި ޖަނަވާރުތަކުގެ ލިސްޓުގައި ކުއްތާ ނުހިމެނޭ ކަމަށެވެ.

ޗައިނާގެ ވުހާން ސިޓީއިން ފުރަތަމަ ފެނުނު ނުރައްކާތެރި ކޯވިޑް 19 ވައިރަހުގެ ސަބަބުން އެގައުމުގައި ބުޅާ ފަދަ ޖަނަވާރު ކެއުން ވެސް ވަނީ މަނާކޮށްފައެވެ. ނުރައްކާތެރި ކޯވިޑް-19 ވައިރަސް މިހާރު ހަލުވިކަމާއިއެކު ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުން ދާއިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ދޮޅު މިލިއަނަށްވުރެ މަތިވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!