ދުނިޔެ

ކޯވިޑް 19: މޫނު އެއްކޮށް ދުޅަވެ،ދަތި ޙާލުގައި ވެސް ސިއްހީ ޚިދުމަތްތެރީން މަސައްކަތުގައި

ދެން އެމްވީ ، ދެން އޮންލައިން

އަހަރެމެން ކަޑައްތު ކުރަމުން މިދަނީ ފަހުގެ ތާރީހެއްގައި ދުނިޔެ ދުއް އެންމެ ބިރުވެރި އެއް ދުވަސްތަކެވެ. ޗައިނާގެ ވުހާން ސިޓީއިން ފުރަތަމަ ފެނުނު ނުރައްކާތެރި ވައިރަހެއް ކަމަށްވާ ކޯވިޑް 19 މިހާރު ދަނީ ހަލުވިކަމާއިއެކު ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންނެވެ. ކޯވިޑް 19 އަކީ ދުނިޔެއަށް ބަލި މަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ މި ދަނޑިވަޅުގައި އެންމެ ބުރަކޮށް މަސައްކަތް ކުރަމުން ދަނީ ސިއްހީ ޚިދުމަތްތެރީން ކަމާއިމެދު ޝައްކެއްވެސް ނެތެވެ. ކޯވިޑް 19 ޖެހޭ މީހުން ސަލާމަތް ކުރުމަށް ދަރިންނާއި ލޯބިވާ ފަރާތްތަކާއި ދުރުގައި 24 ގަަޑިއިރު މަސައްކަތް އެކުރަނީ ވަރުބަލި ކަމެއް ނެތިއެވެ.

Ads by Sosun Fihaara

އެކި ގައުމުތަކުގައި މަސައްކަތް ކުރަމުންދާ ނަރުހުން މިވަނީ އެމީހުންގެ އިހްސާސްތައް ހިއްސާ ކޮށްފައެވެ. ކޯވިޑް 19 ބަލި ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް މަސައްކަތް ކުރާ ނަރުހަކަށް މިވަނީ ލޯބިވާ ކާފަ މަރުވުމުން ، ފަހު ފަހަރަށް މޫނު ދެކިލާ ، ޖަނާޒާގައި ބައިވެރިވުމަށް ވެސް ނުދެވިފައެވެ. އޭނާއަށް ނުދެވުނީ، ކޯވިޑް 19 ބަލި ޖެހިގެން އެ ނަރުސް މަސައްކަތް ކުރަމުންދާ ހޮސްޕިޓަލަށް ގެނައި ބަލި މީހުން ގިނަކަމުން އެކަމުގައި އުޅެން ޖެހުމުންނެވެ. ލޯބިވާ ކާފަގެ މޫނު އެންމެ ފަހު ފަހަރަށް ބަލައިލާ ވަދާއީ ސަލާން ކޮށްލުމުގެ ފުރުސަތު ނުލިބުމުން ހިތަށް ކިހާ އަސަރެއް ކުރާނެތޯއެވެ.

ކޯވިޑް 19 އިން ސިއްހީ ހިދުމަތްތެރިން ރައްކާތެރިވުމަށްޓަކައި އެމީހުން 24 ގަޑިއިރު ތިބެނީ ސަލާމަތީ ބޮޑެތި ކޯޓްތައް އަޅައިގެން މޫނުގައި މާސްކް އަޅައިގެންނެވެ. 20 ވަރަކަށް ގަަޑިއިރު ވަންދެން ފޭސް މާސްކް އަޅައިގެން ބަލި މީހުންނަށް ފަރުވާ ދިނުމުގައި އުޅުމަށްފަހު މާސްކް ނަގާއިރު މޫނު ހުންނަނީ ރަތްވެ ދުޅަވެފައެވެ. ބައެއް ހާލަތްތަކުގައި މާސްކް ވާފަށް ޖެހޭ ތަން ހުންނަނީ ކަނޑައިގެން ގޮސްފައެވެ.

ޔޫކޭގައި މަސައްކަތް ކުރާ ނަރުހެއް ބުނި ގޮތުގައި، ކޯވިޑް 19 ބަލި ޖެހިފައިވާ މީހުންނަށް ފަރުވާ ދޭން ދާއިރު، ބޭނުން ކުރާނެ ސަލާމަތީ ވަސީލަތްތައް ލިބެނީ ވަރަށް ހާލުންނެވެ. އެފަދަ ވާހަކަތައް މީހުންގެ ތެރޭގައި ކިޔާނަމަ ފިޔަވަޅު އަޅާނެ ކަމުގެ ބިރު ހޮސްޕިޓަލުތަކުގެ އިސްވެރިން ދެމުންގެންދާ ކަމަށްވެސް އެ ނަރުހުން ވަނީ ބުނެފައެވެ. މީގެ އިތުރުން ބައެއް ނަރުހުންގެ މީސްމީޑިއާ އެކައުންޓްތަކަށް ފާރަވެރި ވާކަމަށްވެސް ފާހަގަކުރިއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން ކޯވިޑް 19 ޖެހުނު މީހުންގެ އަދަދު މިހާތަނަށް ވަނީ ދޮޅު މިލިއަނަށްވުރެ އިތުރުވެފައެވެ. ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ލައްކައަކާއި ގާތްކުރާއިރު، އަދިވެސް ކޯވިޑް 19 އަށް ޔަގީން ފަރުވާއެއް ނުހޯދެއެވެ. ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މަސައްކަތްތެރިން ރެޔާއި ދުވާލު ބުރަ މަސައްކަތް ކުރަމުން ދަނީ މި ނުރައްކާތެރި ބަލި ކޮންޓްރޯލް ކޮށް ބަލިޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށެވެ. ސިއްހީ ހިދުމަތްތެރިން އެ އުފުލާ ބުރަ ފެނި ހިތް ޝުކުރުން ފުރިދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!