ދުނިޔެ

އިޓަލީގައި މަރުވި ޑޮކްޓަރުންގެ އަދަދު 100 އަށް ، އެއީ ހަމަ ބަތަލުން

ދެން އެމްވީ ، ދެން އޮންލައިން

ފާއިތުވި 24 ގަޑިއިރު ތެރޭގައި މަރުވި 4 ޑޮކްޓަރުންނާއެކު އިޓަލީގައި ކޮރޯނާ ވައިރަސް ޖެހިގެން މަރުވި ޑޮކްޓަރުންގެ އަދަދު 100 އަށް އަރައިފިއެވެ. އިޓަލީގެ ޑޮކްޓަރުންނާއި ބެހޭ ފެޑަރޭޝަން އިން ބުނެފައިވާ ގޮތުގައި ކޮރޯނާ ވައިރަސް ޖެހިގެން މިހާތަނަށް މަރުވި ޑޮކްޓަރުންގެ ރެކޯޑް ކުރެވިފައިވާ އަދަދަކީ 101 ކަމަށާއި އެހެން ނަމަވެސް މި ޢަދަދު އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

Ads by Sosun Fihaara

މަރުވި ޑޮކްޓަރުންގެ ތެރޭގައި ގިނައިން ހިމެނެނީ ވައިރަހާއި ގުޅިގެން ދަރުމައަށް މަސައްކަތް ކުރަން ނިކުތް ރިޓަޔާ ކޮށްފައިތިބި ޑޮކްޓަރުންނެވެ. ކޮރޯނާ ވައިރަހާއެކު ދިމާވި ކާރިސާގައި އިޓަލީގައި 8000 ވުރެ ގިނަ ރިޓަޔާޑް ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރިން ވަނީ ދަރުމައަށް މަސައްކަތްކުރަން ފަށާފައެވެ.

އަދިވެސް އިޓަލީގެ ބައެއް ހޮސްޕިޓަލުގައި ސިއްހީ ހިދުމަތްތެރިން މަދުވުމުގެ ސަބަބުން ގިނަ ދަތިތަކަކާއި ދަނީ ކުރިމަތިވަމުންނެވެ. އޭގެ ތެރޭގައި ގިނައީ ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ހިސާބުތަކުގެ ހޮސްޕިޓަލުތައް ކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިހާތަނަށް އިޓަލީގައި 13,121 ވުރެ ގިނަ ސިއްހީ ހިދުމަތްތެރިންނަށް ވަނީ ވައިރަސް ޖެހިފައެވެ.

ސިއްހީ ހިދުމަތްތެރިންނަށް ވައިރަސް ޖެހޭ މިިންވަރު އިތުރުވެ، އިޓަލީގެ ޑޮކްޓަރުންނާއި ބެހޭ ފެޑަރޭޝަން އިން ވަނީ ސިއްހީ ހިދުމަތުގައި މަސައްކަތް ކުރާ މުވައްޒަފުން ސަލާމަތީ ފިޔަވަޅުތައް އަޅައިގެން ނޫނީ މަސައްކަތް ނުކުރަން އެދިފައެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮރޯނާ ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާއިރު އިޓަލީ އަކީ ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކުރި ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. އިޓަލީއިން މިހާތަނަށް 139422 މީހަކަށް ވައިރަސް ޖެހި 17,669 މީހަކު ވަނީ މަރުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!