ދުނިޔެ

އިންޑިއާގައި މި ފަހަރު ކުއްޖަކަށް ނަން ދިނީ ލޮކްޑައުން ގެ ނަމުން

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާގައި އަލަށް އުފަންވި ފިރިހެން ކުއްޖަކަށް 'ލޮކްޑައުން' ގެ ނަމުން ނަން ދީފިއެވެ. މި ކުއްޖާއަށް "ލޮކްޑައުން"ގެ ނަމުން ނަން ދިންއިރު އިންޑިއާގައި ވިހެއި އެއްމާބަނޑު ދެކުދިންނަށް 'ކޮރޯނާ' އަދި ' ކޮވިޑް' ވެސް ކިޔާފައިވެއެވެ.

އިންޑިއާގެ މެދުތެރޭގެ އަވަށަކަށް އުފަން ވެފައިވާ މި ކުއްޖާ އުފަންވެފައިވަނީ ކޮވިޑް19 އާއި ގުޅިގެން އިންޑިއާ 21 ދުވަހުގެ މުއްދަތަކަށް ލޮކްޑައުން ކޮށްފައިވަނިކޮށެވެ.

ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެކުއްޖާއަށް މި ނަން ކިޔުނު ކަން ހާމަވެފައިވަނީ ހޮސްޕިޓަލުގައި މަސައްކަތް ކުރާ މުވައްޒަފަކު ކުއްޖާގެ އުފަން ދުވަހުގެ ސެޓްފިކްޓްގައި ނަން ޖެހުމަށް ކުއްޖާގެ މައިންބަފައިން ކައިރީ އެދުމުންނެވެ.

ލޮކްޑައުން ގެ ނަމުން ނަން ދިން ކުއްޖާގެ މަންމަ މަންޖޫ މައިލް ބުނި ގޮތުގައި އެކުއްޖާއަށް އެނަން ދިނީ އެކުއްޖާ ވިހެއީ ކޮވިޑް19 އާއި ގުޅިގެން އިންޑިއާ 21 ދުވަހުގެ މުއްދަތަކަށް ލޮކްޑައުން ކޮށްފައި އޮއްވާ ކަމުގައިވާތީކަމުގައެވެ.

މީގެ އިތުރުން ކުއްޖާގެ ބައްޕަ ރަގުނަތު ބުނެފައިވާ ގޮތުގައި އޭނާގެ ދެމަފިރިން އަބަދުވެސް މި ކާރިސާގެ ހަނދާންތައް އާ ކުރާނެ ކަމަށާއި މި ނަމަކީ ވަރަށް މުހިންމު ނަމެއް ކަމުގައެވެ. އަދި މި ހާލަތުގައި ކޮށްފައި މިވާ ލޮކްޑައުން އަކީ ވަރަށް ސީރިއަސްކޮށް ނަގަން ޖެހޭ ކަމެއް ކަމުގައި ވެސް އޭނާ ފާހަގަކުރިއެވެ.

ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް19 ގެ ސިއްހީ ކާރިސާއާއި ގުޅޭގޮތުން އިންޑިއާގައި އަލަށް އުފަންވާ ކުދިންނަށް ނަން ދިނުން ވަނީ އާންމު ވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!