ދުނިޔެ

ގެޔަށް ނާދެވި ތާށިވެފައިހުރި ދަރިފުޅުގެ ޙައްޤުގައި، އޭނާގެ މަންމަ ސައިކަލުގައި 1،400 ކިލޯމީޓަރަށް

ދެން އެމްވީ ، ދެން އޮންލައިން

ދަރިޔަކަށްޓަކައި މަންމައެއްގެ ހިތުގައި އޮންނަ ލޯބި ވަކި އިތުރަކަށް އެއްވެސް މީހަކަށް ކިޔާދޭން ޖެހޭނެ ހެނެއް ހިޔެއް ނުވެއެވެ. މިފަހަރުވެސް މިފަދަ ހާދިސާއެެވެ. މަަންމަޔަކު ދަރިފުޅަށްޓަކައިވީ ޤުރުބާނީއެއްގެ ވާހަކައެވެ.

Ads by Sosun Fihaara

އިންޑިޔާގެ ބޮޑެތި ނޫސްތަކުގެ ފަލަ ސުރުޚީތަކުން މިއަދު ޖާގަ ހޯދީ، ރައިޒާ ބެގަމްގެ ތަފާތު ވާހަކައަކުންނެވެ. ޕްރައިމަރީ ސްކޫލުގެ ދަރިވަރުންނަށް ކިޔަވައިދެމުން އަންނަ ރައިޒާ އޭނާގެ 15 އަހަރުގެ ދަރިފުޅު ކިޔަވަން ފޮނުވާފައި ހުންނަނީ 1،400 ކިލޯމީޓަރު ދުރުގައި އޮންނަ އަވަށަކަށެވެ. ކޮރޯނާ ވައިރަސްގެ ވަބާ މުޅި ދުނިޔެއަށް ޖެހުނީ، އަމިއްލަ އަވަށުން ކިޔެވެން އޮތް އެންމެ މައްޗަށް ކިޔަވާދިނުމަށްފަހު، އޭނާގެ ދަރިފުޅު ކިޔަވަން ފޮނުވާލިތާ އެންމެ ހަފްތާއެއް ފަހުންނެވެ.

ވައިރަހުގެ ސަބަބުން އިންޑިޔާގެ ބޮޑު ބައެއް ލޮކްޑައުންއަކަށް ދިޔައިރު، ރައިޒާގެ ދަރިފުޅު ހުރީ ތާށިވެފައެވެ. ސްކޫލުތައްވެސް ބަންދުކުރީއެވެ. އާއްމު ދަތުރުފަތުރުތައްވެސް މަދު ކުރީއެވެ. ރައިޒާގެ ދަރިފުޅު ކައިރިއަށްދާން އޭނާ ކޮންމެހެންވެސް ބޭނުންވިއެވެ. އެއާއެކު، ކަމާބެހޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހު އޭނާ ފެށީ ދިގު ދަތުރެކެވެ.

ރައިޒާ ސްކޫލަށްދާން ގެންގުޅޭ ސައިކަލުގައި ފެށި މިދަތުރުގެ ދިގުމިނަކީ 1،400 ކިލޯމީޓަރެވެ. މިހެން ބުނުމުން މިދަތުރުގެ ދިގުމިން ނޭނގިދާނެއެވެ. ނަމަވެސް ރާއްޖޭގައި އޮތް އެންމެ ދިގު މަގު ކަމުގައިވާ ލާމު ލިންކް ރޯޑްގައި ހުންނަނީ 15ކިލޯ މީޓަރެވެ. އެހެންވީމާ ރައިޒާ ގެ ދަތުރުގެ ދިގުމިން ވިސްނާލާށެވެ.

"ވަރަށް ގިނަ ޗެކް ޕްއިންޓް ތަކުން ހިފެހެއްޓި، ވަރަށް ގިނަ ވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަން ޖެހުނު" ރާޒިޔާގެ ތަޖުރިބާ ހިއްސާ ކުރިއެވެ. ނަމަވެސް ރާޒިޔާ ބުނީ އޭނާގެ ދަރިފުޅުގެ ގާތަށް ދެވިއްޖެ ކަމަށާއި މިކަމަށް ޓަކައި ﷲ އަށް ޙަމްދު ކުރާ ކަމަށެވެ. އަދި ކަމަކަށް އަދައިގެން ކުރާނަމަ، އެއްވެސް ކަމަކީ ބުރަ ކަމެއް ނޫން ކަމަށްވެސް އޭނާ ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!