ކޮޑުމަތީ މައްޔިތާ ބާއްވައިގެން 2.5 ކިލޯމީޓަރަށް: ވައިރަހުގެ ބިރަށް ޖަނާޒާގެ ކަންތައް ނުކޮށްދިން ހިންދޫ ޢާއިލާއަކަށް މުސްލިމު ބަޔަކު އެހީތެރި ވެއްޖެ
އިންޑިޔާގައި މުސްލިމުންނަށް ކުރާ އިހާނެތި އަނިޔާގެ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ނަމަވެސް އިސްލާމްދީން ބާރުއަޅަނީ ތިމާއަށް ދެރަގޮތަށް ކަންތައް ކުރި މީހާއަށްވެސް އިޙްސާންތެރިވުމަށެވެ. އިންޑިޔާގައި މިއަދު ފެނިގެން މިދަނީ މުސްލިމުންނަކީ އިޙްސާންތެރި ބައެއް ކަމުގެ ލާމަސީލު ނަމޫނާއެކެވެ.
މަދިޔަޕްރަދޭޝްގައި ކޮރޯނާ ވައިރަސް ޖެހިގެން މަރުވި 65 އަހަރުގެ މުސްކުޅި އަންހެނެއްގެ ޖަނާޒާގެ ކަންތައް ކުރިޔަށް ގެންދަން ހުރީ އޭނާގެ 3 ދަރިންގެ ތެރެއިން އެކެެވެ. އަނެއް ދެދަރިން ތިބީ އެހެން ސްޓޭޓެއްގައެވެ. އަދި ލޮކްޑައުންގެ ސަބަބުން ނާދެވިފައެވެ. މިމުސްކުޅި މަންމަގެ ދަރިފުޅުގެ އުމުރުން ހަނގުކަމުންނާއި ލޮކްޑައުންގެ ސަބަބުން ދަތުރުފަތުރު ހުއްޓާލާފައި އޮތުމުގެ ސަބަބުން، މަންމަގެ ޖަނާޒާ ބޭއްވޭ ގޮތް ނުވެ އެއްދުވަަސްވިއެވެ. އޭނާގެ ޢާއިލާގެ ދެން ތިބި މީހުން ބުނެފައިވަނީ، ކޮރޯނާ ވައިރަސްގެ ސަބަބުން މަރުވެފައިވާތީ، އެބަލި އެމީހުނަށް ޖެހިދާނެތީ، ޖަނާޒާގެ އެއްވެސް ކަމެއްގައި ބައިވެރިވާން ބޭނުން ނުވާކަމަށެވެ.
ގޮތް ހުސްވެފައި އިންދާ، މަންމަގެ ޖަނާޒާގައި އެހީތެރިވެދިނީ އޭނާގެ މުސްލިމު އެކުވެރިންނެވެ. ކޮނޑު މައްޗަށް ލައިގެން، ހޮސްޕިޓަލުން މަންމަގެ ހަށިގަނޑު ސަހަރާއާ ހަމައަށް ގެންދިޔައީ ވަރުބަލި ކަމެއްނެތި، ކޮންމެ ދީނެއްގެ މީހަކަސް، މުސްލިމުންނަކީ އިޙްސާންތެރި ބައެއް ކަމުގެ ލާމަސީލު ނަމޫނާ މުޅި ދުނިޔެއަށް ދައްކަމުންނެވެ. ސަހަރާއާއި ހޮސްޕިޓަލާ ދެމެދު 2.5 ކިލޯމީޓަރު ހުންނަ ކަމަށް އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކުރެއެވެ.
މުސްލިމު ބައެއްގެ މި އަމަލާ ގުޅިގެން، މުޅި މުސްލިމް އުންމަތަށް ގިނަ ބައެއްގެ ތަޢުރީފްދަނީ އޮހެމުންނެވެ.