ދުނިޔެ

ކޮވިޑްގެ ބިރަށް އިންޑިޔާ މީހަކު އޭނާ ގެންގުޅޭ ބަކަރި ތަކުގައި މާސްކް އަޅުވައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑްގެ ބިރުވެރިކަމާ، އެކި ފަރާތްތަކުން ކުރިމަތިލަނީ އެކި ގޮތަށެވެ. މިގޮތުން ބައެއް މީހުން ކާޑުގެ ބާވަތްތައް ގަނެ ގެ ފުރާލާއިރު، އަނެއް ބަޔަކު ޓޮއިލެޓް ޕޭޕަރ ސްޓޮކް ކުރެއެވެ. ނަމަވެސް މިފަހަރު ތަފާތު ކަމެކެވެ.

Ads by Sosun Fihaara

އިންޑިޔާގެ ކައްލު މަންޑާގައި ހިމާރު ގެންގުޅެމުން އަންނަ މީހަކު ކުރި ކަމަކުން ގިނަ ބައެއްގެ ސަމާލުކަންވަނީ މިމީހާއަށް ހުއްޓިފައެވެ. މިހާރު މީސްމިޑިޔާގައި ދައުރުވަމުން އަންނަ ފޮޓޯއަކުން ފެންނަ ގޮތުގައި، މިމީހާވަނީ އޭނާ ގެންގުޅެމުން އަންނަ ބަކަރިތަކުގައި މާސްކް އަޅުވާފައެވެ.

"ނޫސްތަކުން ފެނުނު ސިންގާއަކަށް ކޮވިޑް ޖެހުނު ވާހަކަ. އަހަރެން އެއްވެސް ވަރަކަށް ޗާންސް ނަގާކަށް ބޭނުމެއް ނޫން. އަހަރެންގެ ޢާއިލާގައި މަސައްކަތް ކުރަނީ އަހަރެން އެކަނި، ހަތަރުދަމު ބަކަރި ތަކުގެ ކައިރީގައި އަހަރެން އުޅެން ޖެހެނީ. ބަކަރިތަކަށް ވައިރަސް ޖެހިއްޖެ ނަމަ މުޅި އާއިލާއަށް ޖެހޭނެ." ބަކަރިތަކުގައި މާސްކް އެޅުވި ސަބަބު އިންޑިޔާގެ ނޫހަކަށް ކިޔައިދެމުން މިކަންތައް މިހެން ކުރި މީހާ ބުނެފައިވެއެވެ.

މީގެ ދެތިން ދުވަސް ކުރިން އެމެރިކާގެ ނިއުޔޯކްގެ ޒުލެއްގައި އުޅެމުންދިޔަ ސިންގާއަކަށްވަނީ ކޮވިޑް19 ޖެހިފައެވެ. ބެލެވޭ ގޮތުގައި މިބަލި ސިންގާއަށް ޖެހިފައިވަނީ ސިންގާ ބެލެހެއްޓުމާ ހަވާލުވެހުރި މީހާގެ ފަރާތުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!