އެމްފައިސާއާއި ފަތުރުވެރިން ޓްރެވެލް އެޖެންސީގެ ޕާޓްނާޝިޕާ އެކު އިތުރު ފަސޭހަ ކަމެއް

އަމާނާ ތަކަފުލް އިން ފޯރުކޮށްދޭ އެމް-ފައިސާ ޓްރެވަލް އިންޝުއަރެންސް ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ލިބޭނެ މަގު ފަހިކޮށްދީ، މަޝްހޫރު ޓްރެވަލް އެޖެންސީ ފަތުރުވެރިން ޓްރެވަލްސްއާ އެކު އެމްފައިސާ އިން އާ އެއްބަސްވުމެއް ހަދައިފި އެވެ.
މި ޕާޓްނާޝިޕްގެ ސަބަބުން ފަތުރުވެރިން ކަސްޓަމަރުންނަށް ދަތުރުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެ، އިތުބާރު ހިފޭ ޑިޖިޓަލް ސެކިއުރިޓީ ފޯރުކޮށްދެވޭނެއެވެ.
ފަތުރުވެރިން ޓްރެވަލްސް އިން ފެށި މަސައްކަތަކީ އެންމެ ފަހުގެ އެޑްވެންޗާތައް އުފެއްދުމުގެ ވަރުގަދަ އަހައްމިއްޔަތު ކަމާ އެކުގަ އެވެ.
ފަތުރުވެރިން އަކީ ދަތުރުފަތުރުގެ ދާއިރާ ބަދަލުކޮށް، ތަފާތު ތަޖުރިބާތައް ހޯދައިދީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަތުރުކުރާ މީހުންނަށް ހިތްވަރު ލިބޭ ފަދަ ހިތްގައިމު ދަތުރުތަކެއް ކުރުމުގެ މަގްސަދުގައި އުފައްދާފައިވާ ކުންފުންޏެކެވެ.
މި ޕާޓްނަރޝިޕްގެ ސަބަބުން ފަތުރުވެރިން މެދުވެރިކޮށް ބުކިން ހަދާ ފަރާތްތަކަށް ތަފާތު އެޑްވެންޗާތައް ތަޖުރިބާ ކުރުމުގެ އިތުރުން، ފުރިހަމަ ޓްރެވަލް އިންޝުއަރެންސް ކަވަރޭޖެއް ލިބޭނެ ކަމުގެ ޔަގީންކަން ލިބިގެންދާނެ އެވެ.
އުރީދޫ މޯލްޑިވްސް އާއި އަމާނާ ތަކަފުލް ގުޅިގެން ފަތުރުވެރިންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ އެމް-ފައިސާ ޓްރެވަލް އިންޝުއަރެންސްގެ ހިދުމަތް ތައާރަފްކޮށްފި އެވެ.
އުރީދޫ ސުޕަރއެޕްގެ އެމް-ފައިސާ ޑިޖިޓަލް ވޮލެޓް މެދުވެރިކޮށް މި ޕެކޭޖް ގަންނަން ފަސޭހަކަމާއެކު މަގުފަހިކޮށްދޭނެ އެވެ.
އެމް-ފައިސާ ޓްރެވަލް އިންޝުއަރެންސް ޕްލޭންގެ ދަށުން އިންޝުއަރެންސްގެ މުއްދަތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ނުވަތަ އެކްސިޑެންޓެއްގައި މަރުވާ މީހުންނަށް 771،000 ރުފިޔާއާ ހަމައަށް އަދި އިމަޖެންސީ މެޑިކަލް ހަރަދަށް 1،542،000 ރުފިޔާއާ ހަމައަށް ދެވޭނެ އެވެ.
ދަތުރު ކެންސަލް ކުރުމާއި، ދަތުރު ކުރުކޮށް، ޕާސްޕޯޓް ގެއްލިގެން ދިއުމާއި، ޗެކް ކޮށްފައިވާ ބެގޭޖް ގެއްލިގެން ދިއުމުން ލިބޭ ގެއްލުމުގެ ބަދަލު.
