ވޭޕާއި ޑުރަގު އެތެެރެކޮށްގެން ހަތަރު މީހަކު ހައްޔަރުކޮށްފި

ވޭޕާއި ޑުރަގު އެތެެރެކޮށްގެން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އެ ތަކެތި އަތުލައިގަތީ ކޯޓު އަމުރެއްގެ ދަށުން މިއަދު ތިން ތަނެއް ބަލައިފާސްކޮށް ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
އެތެރެކުރި ތަކެތީގެ ތެރޭގައި ވޭޕާއި ޑުރަގުގެ އިތުރުން އެހެން މަނާތަކެތިވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ތަކެތި ސޯޝަލް މީޑީއާގައި ވިއްކަން ބޭނުންކުރާ ޕްލެޓްފޯމުތައް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ވަނީ ގެނެސްފަ އެވެ.
ހައްޔަރުކުރި ހަތަރު މީހުންގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Ads by Allied Insurance