ދުނިޔެ

އަލަށް ވިހާ ކުދިން ކޮވިޑް19 އިން ސަލާމަތް ކުރުމަށް ކުޑަ ކުޑަ ފޭސް ޝީލްޑެއް

ދެން އެމްވީ ، ދެން އޮންލައިން

މިދުވަސްވަރު ވިހާ ތުއްތު ކުދިން ވައިރަހުން ރައްކާތެރިކުރުމަށްޓަކައި ތުއްތުކުދިންނަށް ހެޔޮވަރުގެ ކުޑަ ކުޑަ ފޭސް ޝީލްޑެއް ތައިލޭންޑްގެ ހޮސްޕިޓަލަކުން ތައާރަފްކޮށްފިއެވެ.

Ads by WAMCO

ކޮވިޑް19 ގެ ދުވަސްވަރު ވިހާ މާބަނޑު މީހުން ވައިރަހުގެ ބިރުވެރިކަމެއްގައި ތިބޭއިރު މި ފޭސް ޝީލްޑް ގެ ސަބަބުން އެކަމަށް ލުއި ތަކެއް ލިބިގެންދާނެ ކަމުގައި ބެލެވެއެވެ. ތައިލޭންޑްގެ ޕައޮލޯ ހޮސްޕިޓަލުން ތައާރަފް ކުރި ތުއްތު ކުދިންގެ ފޭސްޝީލްޑާއި ރައްކާތެރިކަމުގެ އިތުރު އިކުއިޕްމެންޓުތައް ވަނީ މިހާރު އެ ހޮސްޕިޓަލުގައި ބޭނުން ކުރަން ފަށާފައެވެ.

އެ ހޮސްޕިޓަލުގެ ފޭސްބުކު ޕޭޖުގައި ކުރި ޕޯސްޓެއްގައި ވަނީ މި ފޭސް ޝީލްޑުގެ ފޮޓޯތައް އާންމުކޮށްފައެވެ. އެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި މި ފިޔަވަޅަކީ އެ ހޮސްޕިޓަލުގައި ވިހާ ތުއްތު ކުދިން ކޮވިޑް19 އިން ރައްކާތެރިކުރުމަށްޓަކައި އެޅިގެންދާ ފިޔަވަޅެކެވެ.

ވައިރަހުގެ ސަބަބުން ތުއްތު ކުދިންނަށް ވެސް އަސަރުކުރާއިރު މާބަނޑު މީހުންގެ އިތުރު ކަންބޮޑުވުން ތަކެއް ވެސް ވެއެވެ. އެގޮތުން ހޮސްޕިޓަލުތަކުގައި ކޮވިޑް19 ގެ ބަލި މީހުންތަކުން ފުނި ޖެހި ހޮސްޕިޓަލުގައި އެނދުގެ ދަތިކަން އިތުރުވުމާއި ބައެއް ސިއްހީ އާލާތްތައް މަދުވުން ހިމެނެއެވެ. މިކަަމުގެ ސަބަބުން ބައެއް އަންހެނުން ދަނީ ގޭގައި ވެސް ވިހަމުން ކަމުގައި ރިޕޯޓުތައް ބުނެއެެވެ.

މާބަނޑު މީހުނާއި ތުއްތު ދަރިފުޅު ވައިރަހުން ރައްކާތެރިކުރުމަށްޓަަކައި ދުނިޔޭގެ އެކި ހިސާބުތަކުގެ ގިނަ ހޮސްޕިޓަލުތަކެއްގައި އަންނަނީ އެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ވިއްސާއިރު އަމަލު ކުރަންޖެހޭ ގަވާއިދުތައް ހަރުކަށި ކުރުމާއި ވިއްސާ ކޮޓަރި އަށާއި ނާރސަރީއަށް އާއިލާ މީހުންނަށް ނުވަދެވޭ ގޮތް ވަނީ ހަދާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!