ޚަބަރު

އަންހެން ފުލުހުންގެ ޚިދުމަތާއި ކުރިއެރުމާ ގުޅޭ ފުރަތަމަ ސަމިޓް ފަށައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފުލުހުންގެ ޚިދުމަތުގައި އަންހެން ފުލުހުންގެ ދައުރު ފާހަގަކޮށް، އަންހެން ފުލުހުންގެ ލީޑަޝިޕް އިތުުރުރުކުމަށް ބާއްވާ " މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ސަމިޓް 2025"ފަށައިފިިއެވެ. މިއީ އަންހެން ފުލުހުންގެ ކުރިއެރުވުމަށް ބާއްވާ މިފަދަ ފުރަތަމަ ސަމިޓެވެ.

3 ދުވަހުގެ މުއްދަަށް ކުރިއަށްގެންދާ " މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ސަމިޓް ކުރިއަށްދަނީ ކްރޮސްރޯޑްސްގައެވެ.
އަންހެން ފުލުހުން ކުރިއެރުވުމަށް ވިމަން އިން ޕޮލިސިން ކޮމިޓީ އިފްތިތާހުކޮށްފަވަނީ 2021ވަނަ އަަހރުގެ ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ. މިއީ ފުލުހުންގެ ޚިދުމަތުގައި އަންހެން ފުލުހުންގެ ދައުރު ފާހަގަކޮށް، އަންހެން ފުލުހުންގެ ކުރިއެރުމަށް މަސައްކަތްކުރުމަށް އުފައްދަވާފައިވާ ކޮމިޓީއެވެ.

"ވިމެން އިން ޕޮލިސިން ސަމިޓް 2025" ސަމިޓް ފަށްޓަވައިދެއްވީ ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. އަދި މި ރަސްމިއްޔާތުގައި ދާޚިލި ސަލާމަތަ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ދާއިރާގައި މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި 5 ޤައުމަކުން ބައިވެރިވެއެވެ.

މި ރަސްމިއްޔާތުގައި ވަނީ ސަލާމަތަ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖޭގައި މަސައްކަތްކުރާ މައި 5 އިދާރާގެ މެދުގައި، ލީޑަރޝިޕް ވަރުގަދަކުރުމަށް ޑިކްލަރޭޝަންއެއްގައި ސޮއިކޮށްފައެވެ. އަދި އަންހެން ފުލުހުންގެ ޚިދުމަތުގެ ތާރީޚުގެ މައްޗަށް ބިނާކޮށް ލިޔެފަވާ، "މޯލްޑިވްސް ވިމަން އިން ޕޮލިސިން" ފޮތް ނެރެދެއްވާފައެވެ. މި ފޮތް ނެރެދެއްވީ ދާޚިލީ ސަލާމަތާބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.

މީގެއިތުރުން އަންހެން ފުލުހުންގެ އަގުހުރި ޚިދުމަތް ރަމްޒުކޮށްދޭ "ޗެލަންޖް ކޮއިން" ވަނީ އިފްތުތާހުކޮށްދެއްވާފައެވެ. ޗެލެންޖް ކޮއިން އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހުރިއްޔާ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

"ވިމެން އިން ޕޮލިސިން ސަމިޓް 2025"އަކީ ރާއްޖޭގައި އަންހެން ފުލުހުންނަށް ޚާއްސަކޮށް ބާއްވާ މިފަދަ ފުރަތަމަ ސަމިޓެވެ. މި ސަމިޓްގައި ސެކިއުރިޓީ އަދި ޤާނޫނީ ތަންފީޒީ ދާއިރާއިން 50އަށްވުރެ ގިނަ ފަރާތުން ބައިވެރިވެއެވެ. އޭގެތެރޭގައި ސެކިއުރީ އެންޑް ލޯ އެންފޯސްމަންޓްގައި ރާއްޖޭގައި މަސައްކަތްކުރާ 7 އިދާާރާއަކާއި ބައިނަލްއަޤްވާމީ އެކި އިދާރާތަކާ ޤައުމުތައް ހިމެނޭހެން 10 ޕާޓްނަރުން ބައިވެރިވެއެވެެ.

މި ސަމިޓްގައި މި ދާރާއިގައި ހަރަކަތްތެރިވާ އަންހެން ފުލުހުންނާއި ތަންފީޒީ އިދާރާތަކުގައި މަސައްކަތްކުރާ އަންހެނުންނާއި، އެހެނިހެން އިދާރާތަކުގައި މަސައްކަތްކުރާ އަންހެން ބޭފުޅުންގެ މަސައްކަތްތެރިކަމުގެ ހުނަރުތައް ތަރައްޤީކުރުމާއި އެމީހުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެކަންކަމަށް ޙައްލު ހޯދުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެއެވެ. އަދި ތަޙުޤީގުކުރުމާއި ޓެކްނިކަލް ދާއިރާތަކާއި އިންޓެލިޖެންސްގެ ދާއިރާއިން ސެޝަންތައް ކުރިއަށްގެންދާނެއެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާއި އިދާރާތަކުގެ މަސައްކަތުގެ ތަޖުރިބާއާ ހުނަރުތައް ޙިއްސާކޮށް ތަރައްޤީކުރުމާ ގުޅޭގޮތުންވެސް ސެޝަންތައް ކުރިއަށްގެންދާނެއެވެ.

 

މި ސަމިޓްގައި ޔޫއެންއޯޑީސީ، އިންޓަރޕޯލް، ޔުނިސެފް، ޔޫއެންޑީޕީފަދަ އިދާރަތަކުން ބައިވެރިވެއެވެ. އަދި އިންޑިއާ، ޖަޕާން، ޗައިނާ، ޔުކޭ އަދި އޮސްޓްރޭލިއާގެ މި ދާއިރަގެ ތަޖުރިބަކާރުން ބައިވެރިވެ، ތަޖުރިބާ ޙިއްސާކުރާނެއެވެ. މީގެ އިތުރުން ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއާއި ފުލުހުންނާއި، އެމްއެންޑީއެފް، ކަސްޓަމްސް، އިމިގްރޭޝަން އަދި ކަރެކްޝަނަލް ސަރވިސްފަދަ އިދާރާތަކުގެ އަންހެން އޮފިސަރުންވެސް ބައިވެރިވެއެވެ.

ރާއްޖޭގައި ފުލުހުންގެ ޚިދުމަތުގައި އަންހެން ފުލުހުންގެ ދަޢުރު ފުޅާކޮށް، އަންހެން ފުލުހުންނަށް ފަހިކޮށްދޭ ފުރުޞަތުތައްވެސް ވަނީ ވަރަށްބޮޑަށް އިތުރުކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ މަރޗް މަހު، ފުރަތަމަ ފަހަރަށް ވަނީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކަން 3 އަންހެން ފުލުހަކު ޕްރޮމޯޓްކުރައްވާފައެވެ. އަދި ފުލުހުންގެ އެކި ބަހާތަކުގައި ތަފާތުކުރުމެއްނެތި އަންހެން ފުލުހުންނަށް ކުރިއަރާ ދިއުމުގެ ފުރުޞަތުތައް ދަނީ ފަހިކޮށްދެމުންނެވެ.

ރާއްޖޭގައި އަންހެން ސިފައިންނާއި ފުލުހުންގެ ޚިދުމަތް ފެށީ، 1989ވަނަ އަހަރުގެ މަރޗްމަހުއެވެ. އެގޮތުން 65 އަންހެން ސިފައިން ޚިދުމަތާ ގުޅުނުއިރު، މިގެތެރެއިން 1 ބޭފުޅަކު މިހާރުވެސް އަންނަނީ ޚިދުމަތްކުރައްވަމުންނެވެ. ރާއްޖޭގައި ފުލުހުންގެ ޚިދުމަތުގެ ގާތްގަނޑަކަށް %20އަކީ އަންހެން ފުލުހުންނެވެ.

Ads by Ooredoo