އެމްޑީޕީގެ މުޒާހަރާގައި ތިން ފުލުހަކަށް އަނިޔާވި: ފުލުހުން

އިދިކޮޅު އެމްޑީޕީން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ ފުލުހުން ކޮންޓްރޯލް ކުރަން އުޅުމުން މުޒާހަރާގެ ބައެއް ބައިވެރިންނާ ކުރިމަތިލުމެއް ގޮސް ދެ ފުލުހަކަށް އަނިޔާވި ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނި ގޮތުގައި އަނިޔާވީ އަންހެން ފުލުހަކާއި ދެ ފިރިހެން ފުލުހަކަށެވެ. ދެ ފުލުހަކަށް ސެނެހިޔާއިން ފަރުވާ ދީފައިވެ އެވެ. އެއް ފުލުހަކަށް އޭޑީކޭން ފަރުވާ ދިން ކަމަށް ފުލުހުން ބުންޏެވެ.
އަންހެން އޮފިސަރަށް އަނިޔާވީ ޝީލްޑާ އެކު ވެއްޓިފައި އޮތް ވަގުތު މުޒާހަރާގެ ބައެއް ބައިވެރިން ގައި މަތިން ދިއުމުން ކަމަށް ފުލުހުން ބުންޏެވެ.
ފިރިހެން އޮފިސަރުންނަށް އަނިޔާވީ ބެރިކޭޑުން ޝީލްޑްތަކުގައި ޖެހި ވަގުތު ވީ އަނިޔާއިން ކަމަށް ފުލުހުން ބުންޏެވެ.
ރޭގެ މުޒާހަރާ ފުލުހުން ހުއްޓުވީ ފުލުހުން އެންގެވި ގޮތާ ހިލާފަށް އަމީނީ މަގުން ހިނގާލުން ގެންދިއުމުގެ ބަދަލުގައި މަޖީދީ މަގަށް މުޒާހަރާގެ ބައިވެރިން ދާން މަސައްކަތް ކުރަމުންނެވެ.
ފުލުހުންގެ ވާޖިބަށް ހުރަަސް އެޅި ކަމުގެ ތުހުމަތުގައި އަށް މީހުން ހައްޔަރުކޮށް ހަ މީހުންގެ ބަންދަށް 15 ދުވަސް ޖެހި އެވެ. ދެން ތިބި ދެ މީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.