ޚަބަރު

ދެން އޮތް ބޮޑު މުޒާހަރާ ސަރުކާރަށް 2 އަހަރު ފުރޭ ދުވަހަށް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
އެމްޑީޕީގެ އެއްވުން - ފޮޓޯ: އެމްޑީޕީ

އިދިކޮޅު އެމްޑީޕީން ދެވަނަ ބޮޑު މުޒާހަރާ އަންނަ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހު ކުރިއަށް ގެންދަން އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ނިންމައިފި އެވެ.

Ads by MPL

ނޮވެމްބަރު 17 އަކީ މި ސަރުކާރަށް ދެ އަހަރު ފުރޭނެ ދުވަހެވެ.

އެމްޑީޕީން މި ގޮތަށް ނިންމި އިރު މި ސަރުކާރާ ދެކޮޅަށް އެ ޕާޓީގެ ފުރަތަމަ ބޮޑު މުޒާހަރާ ކުރިއަށް ގެންދިޔައީ ރޭގަ އެވެ.

އާޓިފިޝަލް ބީޗަށް އެމްޑީޕީގެ ގިނަ އަދަދެއްގެ އެކްޓިވިސްޓުންނާއި ސަރުކާރާ ދެކޮޅު ރައްޔިތުން އެއްވުމަށް ފަހު ނުކުތީ މަޖީދީ މަގަށެވެ. ފުލުހުން މުޒާހަރާއަށް ހުރަސްއެޅީ އަމީނީ މަގުން މުޒާހަރާ ގެންދަން އަންގާފައިވަނިކޮށް އެއާ ހިލާފަށް ނުކުތުމުންނެވެ.

ރޭގެ މުޒާހަރާގައި އެމްޑީޕީން ވަނީ ފަސް ޑިމާންޑެއް ސަރުކާރަށް ކޮށްފަ އެވެ. އެއީ:

  • ސިޔާސީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު އުވާލުމަށް
  • ސަރުކާރުން ދިވެހި ވިޔަފާރިތަކަށް ދަރާފައިވާ ފައިސާ ފަސް ހަފުތާ ތެރޭގައި ދައްކައި ހަމާސް ކުރުމަށް
  • ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތައް އުވާލައި، ރަށްރަށުގެ ބާރުވެރިކަން އަތުލުމަށް އެއްވެސް ކަމެއް ނުކުރުމަށް
  • ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނި ނުކޮށް މީޑިއާތަކަށް ހެދި ގާނޫނު އުވާލުމަށް
  • ރައްކާތެރި ބޭސްތަކާއި އާސަންދަ އަދި އެންސްޕާގެ ގެ ހިދުމަތް އެއްވެސް ދަތިކަމެއް ނެތި، މި ސަރުކާރު އައުމުގެ ކުރިން ލިބެމުން ދިޔަ ގޮތަށް ދޭން ފެށުމަށް

އެ މުޒާހަރާގެ ތެރެއިން އަށް މީހަކު ހައްޔަރުކޮށް ހަ މީހެއްގެ ބަންދަށް ކޯޓުން 15 ދުވަސް ޖެހި އެވެ. ދެން ތިބި ދެ މީހުން ވަނީ ދޫކޮށްލައިފަ އެވެ.

ރޭގެ ހަމަނުޖެހުންތަކުގެ ތެރެއިން ތިން ފުލުހަކަށް އަނިޔާވި ކަމަށް ފުލުހުން ބުނާ އިރު، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރަކު ހާޓް އެޓޭކެއް ޖެހިގެން އައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުންނެވެ.

Ads by Ooredoo