ދުނިޔެ

އަނިޔާވެރިކަމުގެ ކޮޅެއް ނެތް: އެމެރިކާގެ ހައްޔަރުގައި ހުރި މެކްސިކޯގެ މާބަނޑުމީހަކު ވިހަން ޖެހުނީ ކޮޅަށްހުރެ

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ އެކި ހިސާބުތަކުގައި ގިނަ މީހުން ކޮވިޑް19ގައި ބިރުވެރިކަމުގައި ދުވަސްތައް ހޭދަކުރަމުން ދިޔަ ނަމަވެސް އެއަށް ވުރެ ހިތްދަތި ހާލަތުގައި ދިރިއުޅެމުން އަންނަ މީހުން ވެސް މަދެއް ނޫނެވެ. މިއީ ވެސް އެފަދަ ކަމަކާއި ދިމާވި އަންހެނެއްގެ ވާހަކައެވެ.

Ads by Sosun Fihaara

އެގޮތުން އެމެރިކާގެ ބޯޑަރު ހުރަސްކޮށް އެގައުމަށް އެތެރެވާން މަސައްކަތް ކުރި މެކްސިކޯގެ މާބަނޑު މީހެއް ވަނީ ދަތި ހާލުގައި ވިހަން ޖެހިފައެވެ. އޭނާ ވަނީ ބޯޑަރުގައި ތިބޭ ސްޓާފުންގެ ކިބައިން ރޮއި އާދޭސް ކުރަމުން އެހީއަށް އެދިފައެވެ. ނަމަވެސް އޭނާ ރުއި ރުއިންތަކަށް އެ ފަރާތުން ދިނީ ބީރު ކަންފަތެކެވެ. އޭގެ ސަބަބުން އެ އަންހެން މީހާ ވިހަން ޖެހުނީ ހުރިހާ އަންނައުނެއް ލައިގެން ކޮޅަށް ހުރެއެވެ. މެދުނުކެނޑި އެހީއަށް އެދުމުން ވެސް އެހީއެއް ނުލިބިއެވެ.

އަންހެން މީހާ އަށް ވިހޭކަން އެނގުނީ ވެސް ތުއްތު ދަރިފުޅުގެ ރުއިމުގެ އަޑު އިވުމުން ކަމުގައި މީޑިއާ އާއި ވާހަކަ ދައްކަމުން އެއަންހެންމީހާގެ ފިރިމީހާ ބުނެފައިވެއެވެ. އޭނާ އިތުރަށް ބުނި ގޮތުގައި ދަރިފުޅު ރޯއަޑު އިވުމުން ބަލާލިއިރު ބޯ އޮތީ ބޭރުގައެވެ. މި ހާދިސާ ހިނގީ އެ ދެމަފިރިންގެ ދެ ދަރީންގެ ކުރިމަތީގައި ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މެކްސިކޯގެ 27 އަހަރުގެ މާބަނޑު އަންހެން މީހާ އަށް އެހީ ނުވި ،އިންސާނިއްޔަތުކަމެއް ނެތް މީހުން ކަންތައް ކުރިގޮތް އެމެރިކާގެ ކަމާ ބެހޭ ގިނަ އިދާރާތަކުގެ ސަމާލުކަމަށް މިހާރު ވަނީ އައިސްފައެވެ. އާއިލާއިން ވަނީ ބޯޑަރުކައިރީގައި ހުރި އިދާރާތަކާއި ދެކޮޅަށް ފުލުހުންނަށް މައްސަލައެއް ވެސް ހުށަހަޅާފައެވެ.

މި ހާދިސާއަކީ އެމެރިކާ އަށް ހިޖުރަ ކުރާ މީހުންނާމެދު އެމެރިކާއިިން ކަންކުރަމުން އަންނަ ގޮތުގެ މިސާލެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!