އުނގަންނައިދިނުމަށް ޓީޗަރުން އިތުރަށް މަސައްކަތް ކުރަން ޖެހޭ: އެޑިއުކޭޝަން މިނިސްޓަރު

އުނގަންނައިދިނުމަށް ޓީޗަރުން އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ޓީޗަރުންގެ ދުވަހާ ގުޅިގެން މިިނިސްޓަރު މިއަދު ދެއްވި ހިތާބުގައި ވިދާޅުވީ ޓީޗަރުންނަކީ ގައުމު ބިނާކުރުމުގެ މޭސްތިރިން ކަމަށެވެ،
އަދި އަންނަން އޮތް ޖީލުތަކަށް ރިވެތި ހުލުގާއި އެންމެހާ ހެޔޮ ސިފަތައް ވާރުތަކޮށްދިނުމަށްޓަކައި އެންމެ ބުރަކަށް މަސައްކަތް ކުރައްވާ ބޭފުޅުން ކަމަށެވެ.
އެހެންކަމުން އެއްވެސް ގައުމެއްގައި ޓީޗަރުންނަށް ވުރެ އަބުރުވެރި އަދި ޝަރަފުވެރި އިއްޒަތްތެރި ބަޔަކު ނުތިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަދި މި އަހަރުގެ ޓީޗަރުންގެ ޝިއާރަށް އިޝާރާތްކުށް މުދައްރިސުންނަކީ ގުޅިގެން މަސައްކަތްކޮށް މުދައްރިސްކަމުގެ ފަންނު އިތުރަށް ކުރިއަރުވައި އުނގަންނައިދިނުމަށްޓަކައި އިތުރަށް މަސައްކަތް ކުރަން ޖެހޭ ވާން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ތި ބޭފުޅުންނާއެކު މި ތިބީ ތި ބޭފުޅުންނަށް އެެހީތެރިކަން ފޯރުކޮށްލަދީ ތި ބޭފުޅުންނަށް ބޭނުންވާ ފަންނީ ގާބިލުކަން އިތުރުކޮށްލަދީ ގުޅުންތައް ވަރުގަދަކޮށް ހުރިހާ މަސްލަހަތުވެރިންނާ އެކުގައި ޕްރިންސިޕަލަރުންގެ އެއްބާރުލުމާއެކު މުދައްރިސުންގެ ކުރިއެރުމަށް މަސައްކަތް ކުރުމަށް," މިނިސްޓަރު ވިދާޅުވި އެވެ.
