ޚަބަރު

ފީފާގެ ރައީސް އިންފަންޓީނޯ ހުކުރު ދުވަހު ރާއްޖެއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަންނަ ހުކުރު ދުވަހު ރާއްޖެ އައުމަށް ހަމަޖެހިއްޖެއެވެ. މިކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤު ވެސް ވަނީ ސޯޝަލް މީޑިއާގައި ހާމަކުރައްވާފައެވެ.

Ads by STELCO

އެއްދުވަހަށް އިންފަންޓީނޯ ރާއްޖެއަށް ކުރައްވާ ދަތުރަކީ ރާއްޖޭގެ ފުޓްބޯޅަ ދިރުވައި، ކުރިންއޮތް ފޯރި އަލުން ގެނައުމަށް އެފްއޭއެމުން ކުރަމުން އަންނަ މަސައްކަތަށް ހިތްވަރު ދެއްވުމަށް ކުރައްވާ ދަތުރެކެވެ. އިންފަންޓީނޯގެ މި ދަތުރާއި ދިމާކޮށް ޚާއްސަ އިވެންޓުތަކެއްވެސް ވަނީ ރޭވިފައެވެ. މީގެ އިތުރުން ފުޓްބޯޅައިގެ ތަޖުރިބާކާރުންނާއި ކުލަބަތާކާ އަދި މިނޫނަސް ފުޓްބޯޅައާއި ގުޅުންހުރި ފަރާތްތަކާ މިދަތުރުގައި އިންފަންޓީނޯ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުގައި ކުޑަކުދިންނާ އެކު ކުޅިވަރު ހަރަކާތްތަކެއްގައާއި އިތުރު ހަރަކާތްތަކެއްގައި ވެސް ބައިވެރިވުމަށް ހަމަޖެހިފަވެއެވެ. ދާދި ފަހުން ތޯރިގް ވަނީ ސްވިޒަލެންޑުގެ ޒިއުރިކުގައި ހުންނަ ފީފާގެ އޮފީހުގައި އިންފަންޓީނޯއާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމަށް ފަހު އިންފަންޓީނޯ ވަނީ ތޯރިގުގެ މަސައްކަތަށް ތައުރީފުކުރައްވައިފައެވެ. އަދި ދާދި ފަހުން ސްރީ ލަންކާ ބަލިކޮށް ރާއްޖޭން ހޯދި ސައުތު އޭޝިއަން ސުޕަ ކަޕްގެ ކާމިޔާބަށް ވެސް އޭނާ ތައުރީފުކުރެއްވިއެވެ.

މިއީ ފީފާގެ ރައީސަކު ރާއްޖެ ވަޑައިގަންނަވާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން ސެޕް ބްލެޓާ ވަނީ ސުނާމީގައި ގެއްލުން ލިބުނު ގައުމުތަކަށް ކުރެއްވި ދަތުރެއްގެ ތެރެއިން 2006 ގައި ދެ ދުވަހަށް ރާއްޖެ ޒިޔާރަތްކުރައްވައިފައެވެ.

Ads by HDC