Friday, 30 October 2026
Advertisement
STO — McCoy (leaderboard)
ދުނިޔެ

ސެލްފް އައިސޮލޭޝަންގައި ވެސް އިންޑިއާ އަންހެނުންނަށް ރައްކާތެރިކަމެއް ނެތް، ހޮސްޕިޓަލްގައި ވެސް ރޭޕްގެ ހާދިސާއެއް

ކޮވިޑް19 އާއި ގުޅިގެން އިންޑިއާ ލޮކްޑައުންގެ ހާލަތުގައި އޮއްވާ އަންހެނަކު ރޭޕްކުރި މައްސަލައެއް އަނެއްކާ ވެސް ފެންމަތިވެއްޖެއެވެ.

އިންޑިއާ ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި އަންހެން މީހާ ރޭޕްކޮށްފައިވަނީ ކޮވިޑް19 އަށް ޝައްކުކުރެވޭތީ އައިސޮލޭޝަންގައި ހުއްޓާ ހޮސްޕިޓަލް ވޯޑުގެ ތެރެއިންނެވެ. އަންހެން މީހާ އަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވިފައިވަނީ ހޮސްޕިޓަލުގައި މަސައްކަތްކުރާ މުވައްޒަފަކަަށް ކަމުގައި ވެސް ރިޕޯޓުތައް ބުނެއެެވެ.

ދެ ރޭ މަތިން ހޮސްޕިޓަލު ތެރެއިން ކުރިމަތިވި ޖިންސީ އަނިޔާތަކަށް ފަހު ގެއަށް ދޫކުރިތާ ތިން ވަނަ އަށް ވީ ދުވަހު އަންހެން މީހާ ވަނީ މަރުވެފައެވެ.

Advertisement
Allied — Dhen Online (box)

ބިހާރްއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ މި އަންހެންމީހާގެ މައިދައިތަ އިންޑިއާ މީޑިއާ މައުލޫމާތު ދިން ގޮތުގައި ބިހާރްގެ ހޮސްޕިޓަލުގައި އޭނާގެ ޅީދަރިފުޅު އެޑްމިޓް ކުރީ ކޮވިޑް19 އަށް ޝައްކު ކުރެވިގެންނެވެ. ނަމަވެސް ވައިރަހަށް ނައްސި ވުމުން ދެ ދުވަސް ފަހުން ހޮސްޕިޓަލުން ދޫކޮށްލީ ކަމުގައި އޭނާ ބުނެފައިވެއެވެ. އަދި ހޮސްޕިޓަލުން ދޫކޮށްލި ފަހުން ދަރިފުޅުގެ ފުށުން ފެނުނީ ބިރުވެެރިކަމާއި ހާސްކަން ކަމަށާއި އޭގެ ފަހުން ވަރަށް ބޮޑަށް ބަލިވި ކަމުގައި ވެސް ބުނެފައިވެއެވެ.

އާއިލާގެ އެތައް ސުވާލަކާއި ކުރިމަތިވުމުން އަންހެން މީހާ ވަނީ ހޮސްޕިޓަލުގައި މަސައްކަތްކުރި ޑޮކްޓަރަކު ދެ ރޭ މަތިން އޭނާ އަށް ޖިންސީ ގޮތުން އަނިޔާކުރި ވާހަކަ ކިޔައިދީފައެވެ.

ފުލުހަށް މައްސަލަ ހުށަހަޅައި އެކަން ކުރި ޑޮކްޓަރު ދެނެގަތުމުގެ މަސައްކަތްކުރި ނަމަވެސް އެކަންވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

ހާދިސާ ދިމާވި ހޮސްޕިޓަލުން ވެސް ވަނީ މި މައްސަލަ ސީރިއަސް މައްސަލަ އެއްގެ ގޮތުގައި ނަގާނެ ކަމަށާއި ސީސީޓީވީ ފުޓޭޖް ހިއްސާކޮށް ފުލުހުންނަށް ވެވެން ހުރި ހުރިހާ އެހީއެއް ވާނެކަމަށް ބުނެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް