ދުނިޔެ

ދެއަހަރު ދުވަހުން ރައްކާކުރި ފައިސާ ޚަރަދު ކުރަނީ ކޮވިޑް19ގައި ހާލު ޖެހުނު ފަރާތްތަކަށް ކާބޯތަކެތި ހޯދައިދިނުމަށް

ދެން އެމްވީ ، ދެން އޮންލައިން

މުޅި ދުނިޔެއަށް މިއަދު ކުރިމަތިވެފައިވާ ކޮވިޑް19 ގެ ވަބާގެ ސަބަބުން އެންމެ ބޮޑު ތަކްލީފަކާ ކުރިމަތިލާންޖެހޭ އެއްބަޔަކީ ފަޤީރުންނެވެ. މީގެ ކުރިންވެސް އަނގަޔާއި އަތާ ދިމާނުވާ، ފަޤީރުންނަށް ކޮވިޑް19ގެ ސަބަބުންވަނީ ބޮޑު ނިކަމެތި ކަމަކާ ކުރިމަތިލާން ޖެހިފައެވެ. މިނިކަމެތިކަން ވަޒަން ކުރެވިގެން، އަމަރު ދެންބާތު ކިޔާ އިންޑިޔާގެ އާދައިގެ ރައްޔިތަކު ، ފަގީރުންނަށް އެހީވަމުން ގެންދިޔުން ވެގެން ގޮސްފައިވަނީ އިންޑިޔާގެ މީޑިއާތަކުގެ ސަމާލުކަން ހޯދި ކަމަކަށެވެ.

Ads by Sosun Fihaara

އުމުރުން 40 އަހަރުގެ އަމަރު 2 އަހަރު ވަންދެން ރައްކާކުރި ފައިސާ ހޭދަކުރަމުންދަނީ، ކޮވިޑް19 ގެ ސަބަބުން ހާލުގައި ޖެހުނު ފަޤީރުންނަށް އެހީތެރިވުމަށެވެ.

"2018 ވަނަ އަހަރު އަހަރެން ފުރަތަމަ ގަތީ މިހާރު މިދުއްވާ ރިކްޝާ،ލޯނެއް ނަގައިގެން ގަތީ، އޭގެ ކުރިން އަހަރެން އުޅެނީ ވަރަށް ހާލުގައި ، އެކަމަކު ރިކްޝާ ދުއްވަން ފެށި ފަހުން އިރާދަފުޅާއެކު އަހަރެންގެ އަތްމަތި ތަނަވަސް" އަމަރު ބުނެފައިވެއެވެ.

އަމަރު އިތުރަށް ބުނެފައިވަނީ، އޭނާ ރިކްޝާ ދުއްވައިގެން މިހާތަނަށް ރައްކާކުރި ހުރިހާ ފައިސާއަކަށް ކާބޯތަކެތި ގަނެފައިވާ ކަމަށެވެ.

"ލޮކްޑައުން އިޢުލާން ކުރީމާ، އަހަރެން ކުރި ކަމަކީ އަހަރެންގެ އަތުގައި ހުރި ހުރިހާ ފައިސާއަކަށް ކާބޯތަކެތި ގަތީ. ކުނިވާ ޒާތުގެ ތަކެއްޗެއް ނުގަންނަން. ދެން ޕާން ފަދަ ތަކެތިވެސް އެހަދާ މީހަކަށް އެޑްވާންސް ދީފައި ބުނީ ހަދާދޭށޭ." އޭނާ ކަންތައް ކުރި ގޮތް އަމަރު ކިޔާދިނެއެވެ.

އަމަރު ބުނި ގޮތުގައި ކޮންމެ ދުވަހަކުވެސް އޭނާ ވަރަށް ފަތިހާ ތެދުވެ، އެސަރަހައްދުގައި ފަޤީރުން އުޅޭ ހިސާބަށް ގޮސް، ކާބޯތަކެތި ބަހާ ކަމަށެވެ.

"މިއީ ހަމަ ހިތްހަމަ ޖެހުމަކަށް ކުރާ ކަމެއް. މަސައްކަތެއްނެތި ގޭތެރޭގައި ތިބެން ޖެހުމުން، ވަރަށް ގިނަ ބަޔަކު ދަތި ހާލުގައި އެބައުޅޭ. އެމީހުންނަށް ކާބޯތަކެތި ފަދަ ޒަރޫރީ ބޭނުން ފުއްދޭނެ މިންވަރުވެސް ނެތް، މިފަދަ މީހުންނަށް އަހަރެމެންގެ އެހީތެރިކަން ބޭނުންވޭ." އަމަރު ބުންޏެވެ.

މިހާތަނަށް ދުނިޔޭގައި ކޮވިޑް19 ޖެހިގެން 1 ލައްކައަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު،އިންޑިޔާގައިވެސް މިބަލި ދަނީ ހަލުވި މިނެއްގައި ފެތުރެމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!