Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ދުނިޔެ

ބޮޑު ޕާޓީއެއް ބާއްވާ އުފަންދުވަސް ފާހަގަކުރި އިންޑިއާގެ މިނިސްޓަރަކު ހޫނު ފެނަށް

ނުރައްކާތެރި ކޯވިޑް 19 ވައިރަސް އިންޑިއާގައި ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި، އެގައުމުގައި ވަނީ 21 ދުވަހުގެ ލޮކްޑައުން އެއް އިއުލާން ކޮށްފައެވެ. މި ލޮކްޑައުން ގެ މުއްދަތު ހަމަ ވާނީ މިމަހުގެ 15 އަށެވެ.

އިންޑިއާގައި ލޮކްޑައުން އިއުލާން ކޮށްފައިވަނިކޮށް، އެގައުމުގެ ބީޖޭޕީ ޕާޓީގެ އެމްއެލްއޭ އެއް ކަމަށްވާ މަސަލަ ޖަޔާރަމް ވަނީ 100 ވަރަކަށް މީހުންނާއިއެކު އޭނާގެ އުފަންދުވަސް ފާހަގަކޮށްފައެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިނިސްޓަރ ޖަޔާރަމް އުފަން ދުވަސް ފާހަގަކުރީ މިހާރު އިންޑިއާގައި އިއުލާންކޮށްފައިވާ ލޮކްޑައުންނާއި ވެސް ހިލާފަށެވެ.

އިންޑިއާގެ ސަރުކާރު ހިންގާ ޕާޓީއެއްގެ މިނިސްޓަރަކު، އެފަދަ ގޮތަކަަށް އަމަލު ބެހެއްޓުމުން އެތައް ބަޔަކު ދަނީ އޭނާއަށް ފާޑު ކިޔަމުންނެވެ. ޖަޔާރަމް އުފަން ދުވަސް ފާހަގަކުރުމަށްޓަކައި އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ވައްޓާލީ ކަމަށްބުނެ ގިނަ އަދަދެއްގެ އިންޑިއާ ރައްޔިތުން ދަނީ މީސްމީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ. އިންޑިއާގެ ބައެއް ރައްޔިތުން ދަނީ ޖަޔާރަމް ވަގުތުން މަގާމުން އިސްތިއުފާ ދިނުމަށްވެސް ގޮވާލަމުންނެވެ.

Advertisement
Ooredoo — Square (box)

އިންޑިއާގެ އެކި ހިސާބުތަކުގައި، ލޮކްޑައުން އިއުލާން ކޮށްފައި ވީނަމަވެސް ކޯވިޑް 19 ވައިރަސް ދަނީ ހަލުވިކަމާއިއެކު ފެތުރެމުންނެވެ. އެގޮތުން މިހާތަނަށް އިންޑިއާއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ، 7447 އަށް އަރާފައެވެ. އިންޑިއާއިން ކޯވިޑް 19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 239 އަށްވުރެ މަތިވެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް