ދުނިޔެ

"މިފަދަ ބަލި މަޑުކަމެއް ކޮންމެ 20 އަހަރަކުން ފެތުރިދާނެ"

ދެން އެމްވީ ، ދެން އޮންލައިން

މިހާރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޯވިޑް 19 ފަދަ ބަލި މަޑުކަމެއް ކޮންމެ 20 އަހަރަކުން ފެތުރޭނެ ކަމަށް މައިކްރޯސޮފްޓުގެ ކޯ ފައުންޑަރ ބިލް ގޭޓްސް ބުނެފިއެވެ.

Ads by WAMCO

ފައިނޭންޝަލް ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބިލް ގޭޓްސް ބުނީ، ބައެއް ގައުމުތަކުން ކޯވިޑް 19 ފަދަ ބަލިމަޑުކަމަކަށް އެއްވެސް ވަރަކަށް ތައްޔާރުނުވެ އޮތް ނަމަވެސް، ކުރިއަށް މުސްތަގުބަލުގައި ގައުމުތަކުން ތިބޭނީ މިފަދަ ބަލިމަޑުކަމަކަށް ތައްޔާރުވެގެން ކަމަށެވެ. 2015 ވަނަ އަހަރު ޓެޑް ޓޯކް ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ބިލް ގޭޓްސް ބުނެފައިވަނީ ދިމާވެދާނެ ބަލި މަަޑުކަމަކަށް ދުނިޔެ އޮތީ ތައްޔާރަަށް ނޫން ކަމަށާއި، އެކަމަށް ތައްޔާރުވެ އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ބިލް ގޭޓްސް ބުނީ، ކޯވިޑް 19 ގެ ބަލިމަޑުކަމަކީ ދުނިޔެ ފަހުގެ ތާރީހެއްގެ ދުއް އެންމެ ބޮޑު ކާރިސާ ކަމަށާއި، ކުރިއަށް ދުވަސްތަކުގައި ސަރުކާރުތަކުން މިފަދަ ކާރިސާތަކަށް ތައްޔާރުވެ ތިބޭނެ ކަމަށް ރައްޔިތުން އުންމީދު ކުރާނެ ކަމަށެވެ. މީގެ އިތުރުން، ބިލް ގޭޓްސް ފާހަގަކުރީ، އެފަދަ ވައިރަހެއް ފެތުރިއްޖެނަމަ، ވަގުތުން ފަރުވާ ހޯދޭނެ ސިސްޓަމްތަކެއް ކުރިއަށް އޮތްތަނުގައި ގާއިމު ކުރާނެ ކަމަށާއި، އެކަމަށް ދާ ހަރަދަކީ މިއަދު ކޯވިޑަށް ކުރާ ހަރަދަށްވުރެ މާ ކުޑަ ހަރަދަކަށް ވާނެ ކަމަށެވެ.

ކުރިން މިފަދަ ބަލިމަޑުކަމަކަށް ތައްޔާރުވެ އޮތުމުން އެތައް ގޮތަކުން ފައިދާވާނެ ކަން ފާހަގަކުރަމުން ބިލް ގޭޓްސް ބުނީ، އެކަމަށް ތައްޔާރުވުމަށް މާ ބޮޑު ބަޖެޓެއް ވެސް ބޭނުން ނުވާނެ ކަމަށެވެ.

ބިލް ގޭޓްސް ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރު ތަކުން މިފަދަ ބަލި މަޑުކަމަކަށް ތައްޔާރުވެ އޮންނާނެ ކަމަށް އުންމީދު ކުރާކަމަށް ބުނެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!