ދުނިޔެ

ކޯވިޑް19:ލޮކްޑައުންއަށް ބޯނުލަނބާ މީހުންނަށް އަދަބަކަށް ރަށުތެރެ ސާފުކުރުން

ދެން އެމްވީ ، ދެން އޮންލައިން

ހަލުވިކަމާއިއެކު ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޯވިޑް 19 ވައިރަސް ކޮންޓްރޯލު ކުރުމަށްޓަކައި އިންޑިއާއިން ވަނީ މިިދިޔަ މަހުގެ 25 ވަނަ ދުވަހު މުޅި ގައުމު 21 ދުވަހަށް ލޮކްޑައުން ކޮށްފައެވެ.

Ads by WAMCO

ލޮކްޑައުން ކުރި ނަމަވެސް، އެކަމާއި ހިލާފުވެ ގިނަ ބަޔަކު ދަނީ އެކި ކަންކަން ކުރުމަށް މަގުތަކަށް ނިކުމެ އުޅެމުންނެވެ.

އިންޑިއާގެ އެކި ހިސާބުތަކުގައި ލޮކްޑައުން އާއި ހިލާފްވެ ބޭރަށް ނިކުމެ އުޅޭ މީހުންނަށް އަދަބު ދިނުމުގެ ގޮތުން އެގައުމުގެ ފުލުހުން ދަނީ އެކި ކަންކަން ކުރަމުންނެވެ. އެގޮތުން ގިނަ މީހުންނަށް އަދަބު ދެނީ ލަޓި ބުރިއާއި ދަގަނޑު ބުރިން ތަޅައިގެންނެވެ. އެހެންނަމަވެސް އެގައުމުގެ ކަރުނާޓަކާ ފުލުހުން މިވަނީ ލޮކްޑައުން އާއި ހިލާފުވާ މީހުންނަށް މުޅިން ތަފާތު އަދަބެއް ދޭން ފަށައިފައެވެ.

އިންޑިއާގެ މީޑިއާތައް ރިޕޯޓް ކޮށްފައިވާ ގޮތުގައި، ކަރުނާޓަކާ ފުލުހުން ވަނީ ގަސްތުގައި ލޮކްޑައުން އާއި ހިލާފްވެ ބޭރަށް ނިކުމެ އުޅޭ މީހުން ލައްވާ އެ އަވަށުގެ މަގުތައް ސާފުކުރަން ޖައްސާފައެވެ. އެގޮތުން، މަންދްޔާ ޑިސްޓްރިކްޓްގައި ވަނީ މަގުމައްޗަށް ނިކުމެ އުޅުނު ބަޔަކު ލައްވާ އެސަރަހައްދުގައި ހުންނަ ކޯރެއް ސާފުކުރުމުގެ މަސައްކަތް ކުރުވާފައެވެ.

ކަރުނާޓަކާ ފުލުހުން އަދަބު ދިނުމަށް ބޭނުން ކުރަމުންދާ މި އުކުޅަށް ވަނީ ވަރަށް ގިނަ ބައެއްގެ ތައުރީފް ލިބިފައެވެ. އެގޮތުން ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އެ އަދަބަކީ ވަރަށް ޕްރޮޑަކްޓިވް އަދަބެކެވެ. މީގެ ސަބަބުން އެ ހިސާބު ސާފުކޮށް އޮތުމަށް ވެސް މަގުފަހިވާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!