ވިޔަފާރި

މިހާތަނަށް 12،000 ލޯނު ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވޭ: ބީއެމްއެލް

ދެން އެމްވީ

މިހާތަނަށް 12،000 ލޯނު ފަސް ކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެފި އެވެ.

ކޮވިޑް-19އާ ގުޅިގެން އާންމުންނާއި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ވަނީ ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދިނުމަށް ނިންމައިފައެވެ.

ބީއެމްއެލުން މިރޭ ބުނީ ކޮވިޑް-19 އާ ގުޅިގެން ފަރުދުންނަށާއި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެ ބޭންކުގެ ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް ފަސް ކޮށްދިނުމުގެ ފުރުސަތު ހުޅުވާލުމާއެކު މިހާތަނަށް 12،000 ލޯނު ފަސް ކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ކަމަށެވެ.

ލޯނު ފަސްކޮށްދިނުމަށް ބޭނުންވާ ކަސްޓަމަރުންނަށް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ފުރުސަތު ލިބޭނެއެވެ. ބީއެމްއެލުން ބުނީ، އެ މުއްދަތު ތެރޭގައި ކަސްޓަމަރު ބޭނުން ވަގުތަކު ލޯނު ދެއްކުން ފަސްކޮށްދިނުމަށް އެދެވޭނެ ކަމަށެވެ.

ލޯނު އަނބުރާ ދެއްކުން ފަސްކޮށްދިނުމުގެ މުއްދަތު ގުނަން ފަށާނީ މިކަމަށް އެދި ހުށަހަޅާ މަހުން ފެށިގެނެވެ. އަދި ލޯނަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ހުންނަތާ 30 ދުވަހަށްވުރެ އިތުރު ވެގެން ނުވާނެއެވެ.

މީގެ އިތުރުން ބީއެމްއެލް އިސްލާމިކް ކަސްޓަމަރުން ނަގާފައިވާ ޕާސަނަލް، ހައުސިން، އަދި ބިޒްނަސް ފައިނޭންސިންގެ ތެރެއިން މުރާބަހާ ފައިނޭންސިން ފިޔަވައި ހުރިހާ ފައިނޭންސިން އަކަށް ވެސް އަނބުރާ ދައްކަންޖެހޭ ފައިސާ ދެއްކުން ފަސްކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވާލާފައިވާ ކަމަށް ބޭންކުން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!