ވިޔަފާރި

މިރާ މުވައްޒަފުން މަސައްކަތް ކުރަން އޮތް މާހައުލު ވަރަށް ގޯސް : ސީޖީ

ފާތިމަތު އަފްނާން ، ދެން އޮންލައިން
މީރާ: މިިދިޔަ އެޕްރީލް މަހު ލިބުނު އާމްދަނީއަކީ އަންދާޒާކުރި އަދަދަށް ވުރެ 1.6 އިންސައްތަ އިތުރު އަދަދެއް / ފޮޓޯ:މީރާ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މުވައްޒަފުންނަށް އޮތް މަސައްކަތުގެ މާހައުލު އޮތީ ގޯސްކޮށް ކަމަށާ، 50 މުވައްޒަފުންނަށް އެއް ފާހާނާ ހުރި ތަންތަނުގައި މުވައްޒަފުން ހިދުމަތް ކުރަމުން ގެންދާ ކަމަށް ކޮމިޝަނަރު ޖެނެރަލް ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ބަޖެޓު ކޮމެޓީގައި ކޮމިޝަނަރު ޖެނެރަލް ހަސަން ޒަރީރު ވިދާޅުވީ ވިދާޅުވީ މީރާގެ އޮނިގަނޑުގައި 370 މަގާމު ހުރިއިރު، މީގެތެރޭން 337 މަގާމު އެޕްރޫވްކުރެވިފައިވި ނަމަވެސް ތިބީ 290 މުވައްޒަފުންނެވެ. އޭނާ އިތުރަށް ވިދާޅުވީ މީރާ މަސައްކަތް ކުރަމުން ދަނީ 43 މުވައްޒަފުން މަދުކޮށް ކަމަށާ މުވައްޒަފުން ހޯދަން އިއުލާނު ކުރުމުން ވެސް މާބޮޑު އިޖާބު ލިބިފައެއް ނެތެވެ.

ދައުލަތަށް ލިބޭ އާމްދަނީގެ 85 ބަލައިފގަންނަ މީރާގެ ސީޖީ ޒަރީރު ވިދާޅުވި ގޮތުގައި މީރާ އަށް މުވައްޒަފުން ހޯދަން ދަތިކަމަށާ އަދި މިއާއެކު މުވައްޒަފުން ހިފަހައްޓަން ވެސް ދަތިވެ އެވެ.

" ޓޫރިޒަމް ސެކްޓާގައި އެކަނި ވެސް 118 މަލްޓިނޭޝަނަލް ކުންފުނި އެބަހުރި. ޓެކްސް ކަންކަމުގައި މި ޖެހެނީ އިންޓަނޭޝަނަލް އެކްސްޕާޓްސްއާއެކު މަސައްކަތް ކުރަން. މީގެ ކުރިން މީރާގެ މުވައްޒަފުންގެ ޓާންއޯވަ މި އުޅެނީ 17 ޕަސެންޓުގަ. މިހާރު އެބަހުރި 21 ޕަސެންޓަށް އަރާފަ،" ސީޖީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީރާއަށް ފުރަތަމަ ފަސް އަހަރުތެރޭ މުވައްޒަފުންގެ މައްސަލައެއް ނެތެއް ކަމަށާ ނަމަވެސް މިދިޔަ 15 އަހަރުތެރޭ މާބޮޑު ބަދަލެއް އައިސްފައި ނުވާތީ މާބޮޑު އެޓްރެކްޓިވް ތަނަކަށް މިހާރު މީރާއެއް ނުވެ އެވެ.

އޭނާ ވިދާޅުވީ 150 އެއްހާ މުވައްޒަފުން ކުއްޔަށް ހިފާފައިވާ ތަންތަނުގައި މަސައްކަތް ކުރާއިރު މަސައްކަތު މާހައުލުގެ ފެންވަރު ދަށް ކަމަށާ، ބައެއް ތަންތަނުގައި 50 މުވައްޒަފުންނަށް އެއް ފާހާނާ ބޭނުންކުރާ ތަންތަން އެބަހުރި ކަމަށެވެ.

"މިއީ މަސައްކަތުގެ އެންވަަޔަރުމަންޓް ގޯސް. އެހެން މުވައްސަސާތަކާ ބަލާއިރު ދަށް. މީރާގެ 40 މުވައްޒަފުން ކުރި މަސައްކަތް ކުރި ތަނަކުން. މިހާރު އެތަނުގައި ތިބެނީ 10 މުވައްޒަފުން،" ޒަރީރު ވިދާޅުވި އެވެ.

ސީޖީ ވިދާޅުވީ މިހާރުގެ ހާލަތު މިގޮތަށް ދާނަމަ މީރާގެ މިހާރުގެ ޕާފޯމަންސްގައި މަސައްކަތް ކުރަން ދަތިވާނެ ކަމަށެވެ.

Ads by HDC