ޚަބަރު

ލިލީގެ ޕްރެމިއާ ޓިކެޓް، މީރު ދުފުމަކާއެކު ރީތި ފޮއްޓެއްގައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކްރިއޭޓިވް ނެެޓްވޯކް އިން ތައްޔާރުކޮށް ޕްރެމިއާ ކުރުމަށް ތައްޔާދުވަމުންދާ ފިލްމު ލިލީ ގެ ޕްރެމިއާ ޝޯގެ ޓިކެޓުތައް ހުރީ ވަރަށް ތަފާތުކޮށް މީރު ދުފުމަކާ އެކު ފޮއްޓެއްގެ ތެރޭގައެވެ.

Ads by STELCO

މި ފޮށި ލިބުނު ފަރާތްތަކުން އެ ފޮށްޓާއެކު ވީޑިއޯ ނަގާފައި، ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވެ އެވެ. އެ މީހުންނަށް ވެސް ފިލްމުގެ ދައުވަތު ފޮނުވި ގޮތް ކަމުގޮސްގެން އެ ވާހަކަ ދައްކާފައިވެ އެވެ.

ލިލީގެ ޕްރެމިއާ ޝޯގެ ޓިކެޓު ހިމެނޭ މި ފޮށީގެ ބޭރުގައި ވަރަށް ރީތި ފޮންޓަކުން ލިލީގެ ނަން ކަނޑައި ނަގާފައި ވެއެވެ. އޭގެ އިތުރުން އެ ފޮށީގެ ބޭރުގައި ދަޢުވަތު ލިބޭ މީހާގެ ނަމާއި ލިލީ މަލެއް ވެސް ވަރަށް ރީތި ފަރުމާ އަކުން ކަނޑާނަގާފައިވެއެވެ.

ފޮށި ތެރޭގައި ހިމަނާފައި ވަނީ ފިލްމުގެ ޓިކެޓާއި، ކްލޫއެއް ލިޔެލާފައިވާ ލިޔުންކޮޅެއްގެ އިތުރުން ދިވެހިވަންތަ ދުފުމެއްގެ ސާމާނެވެ.

މި ފިލްމުގެ ޓިކެޓު 7505079 އަށް ވައިބާ ކުރުމުން ނުވަތަ ވެބްސައިޓުން ލިބޭނެއެވެ.

މުހައްމަދު އަރީހް ޕްރޮޑިއުސް ކުރާ މި ފިލްމު ޑައިރެކްޓު ކޮށްފައިވަނީ އަޒްހާން އިބްރާހީމް އެވެ. މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ޅ. ހިންނަވަރުގެ އިތުރުން ލާމު އަތޮޅުގެ އެކި ރަށްރަށުގަ އެވެ.

މި ފިލްމުގައި ހިމެނޭ މައިގަނޑު ތަރިންނަކީ އައިޝާ އަލީ، އަހުމަދު ޝާރިފް، މުހައްމަދު އިޝްފާން، މަރިޔަމް ޝިމާ، އަހުމަދު ނިމާލް، މަރިޔަމް ހަލީމްގެ އިތުރުން އަލީ ފާރޫގެވެ.