ޚަބަރު

ވަޒީފާ ގެއްލޭ މީހުންނަށް ދޭ އެލަވެންސް މިމަހު ދޭން ފަށާނީ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ވަޒީފާއިން ވަކިކުރާ މީހުންނަށް ސަރުކާރުން ދޭން ނިންމާފައިވާ ހާއްސަ އެލަވެންސް މިމަހުގެ ތެރޭގައި ދޭން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

Ads by STELCO

ކޮވިޑް19 އާ ގުޅިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް ތިން މަސް ދުވަހުގެ އެލަވަންސެއް އޭޕްރީލް މަހުން ފެށިގެން ދޭން ސަރުކާރުން ވަނީ ނިންމާފައެވެ.

ކޮވިޑް-19އާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެލަވެންސްގެ ކަންކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީއާއެކު މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް އެލަވެންސްގެ ގޮތުގައި ދޭނެ އަދަދު އަދި ކަނޑައެޅިފައި ނުވާ ކަމަށެވެ.

އެ އަދަދު ވަރަށް އަވަހަށް ކަނޑައަޅާނެ ކަމަށާއި މަސައްކަތް ކުރަމުންދަނީ މި މަހުގެ އެލަވެންސް މި މަހުގެ ތެރޭގައި ދިނުމަށް ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

"އެހީތެރިކަން ފޯރުކޮށްދިނުމުގައި ބަލާނަން، މިސާލަކަށް ބައެއް ރިސޯޓުތަކުން ނުވަތަ ތަންތަނުން މުސާރަ ކުޑަ އެބަކުރޭ. އެހެންކަމަށްވާނަމަ އެ މިންގަނޑަށް ވުރެ ދަށް ކަމަށްވާނަމަ އިތުރު ކުރުމުގެ މިންގަނޑެއް ވެސް ގެންގުޅޭނަން. އަދި ވަޒީފާ އިން ވަކިކުރާ މީހުންނަށް ވެސް މިންގަނޑެއް ގެންގުޅޭނަން" ފައްޔާޒު ވިދާޅުވިއެވެ.

ކޮރޯނާވައިރަސް އާއި ގުޅިގެން ދުނިޔޭގެ އިގްތިސާދާއި ރާއްޖޭގެ އިގްތިސާދަށްވެސް އަންނަނީ ލޮޅުން އަރަމުންނެވެ. އެއާއެކު ބައެއް އަމިއްލަ ކުންފުނިތަކުން ދަނީ، ކުންފުނިތަކުގެ ހަރަރުތައް ކުޑަކުރުމަށް މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށާއި މުސާރަ ނުލިބޭ ގޮތަށް ނޯޕޭ ލީިވްއަށް މުވައްޒަފުން ފޮނުވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!