ވިޔަފާރި

ރިސޯޓުގެ އަދަދު 182 އަށް، ޖުމުލަ އެނދު 66،000 އަށް

ފާތިމަތު އަފްނާން ، ދެން އޮންލައިން
ރިސޯޓުގެ އަދަދު 182 އަށް، ޖުމުލަ އެނދު 66،000 އަށް

ރާއްޖޭގައި ހިންގާ ރިސޯޓްތަކުގެ އަދަދު 182 އަށް އުފުލި، ރާއްޖޭގައި ހުރި ޖުމުލަ ޓޫރިސްޓު އެނދުގެ އަދަދު 66،000 އަށްވުރެ އިތުރު ވެއްޖެ އެވެ.

Ads by MPL

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި މިވަގުތު  182 ރިސޯޓް ހުރިއިރު ބެޑް ކެޕޭސިޓީ ހުރީ 45,237 ގަ އެވެ. އަދި ރިސޯޓްތަކުގެ އޮޕަރޭޝަނަލް ކެޕޭސިޓީއަކީ 177 އެވެ. އަދި ރިސޯޓް ބެޑް ކެޕޭސިޓީއަކީ 44,323 އެވެ. އަދި ރާއްޖޭގައި މިވަގުތު 168 ސަފާރީ އުޅަނދު ހުރިއިރު، ޖުމްލަ ކެޕޭސިޓީ ހުރީ 3,322 ގަ އެވެ.

މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން ޖުމްލަ ކެޕޭސިޓީ ހުރީ 66,311 ގަ އެވެ. ރާއްޖޭގައި ހުރި އެނދުގެ 67 ޕަސެންޓް ހުރީ ޓޫރިސްޓް ރިސޯޓްތަކުގަ އެވެ. އަދި ހޮޓާތަކުގައި ހުރި އެނދުގެ 24 ޕަސެންޓްއަކީ ގެސްޓްހައުސްތަކުގައި ހުރި އެނދެވެ.

ޓޫރިޒަމް މައުލޫމާތުތައް ދައްކާ ގޮތުން ރާއްޖޭގައި ހުރި އެނދުގެ 25% ހުރީ މާލެ އަތޮޅުގަ އެވެ. އަދި އެނދުގެ 10% - 15% ހުރީ އއ. އަތޮޅުގަ އެވެ. އަދި ރ. އަތޮޅުގައި ހުރީ 10% އެނދެވެ. ބ. އަތޮޅުގައި 8% - 10% ގަ އެވެ.

Ads by HDC